Skip to main content
Topic Archive

#އިލެކްޝަން ކޮމިޝަން

344 Stories filed
އީސީގެ މެމްބަރު ކަމަށް ހަސަން އައްޔަންކުރަން މަޖިލިހުން ފާސްކޮށްފި
Parliament

އީސީގެ މެމްބަރު ކަމަށް ހަސަން އައްޔަންކުރަން މަޖިލިހުން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ކަމަށް އެ ކޮމިޝަންގެ މިހާރުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފިއެވެ. ރައްޔިތުންގެ މަޖިލިހުގައި މިއަދު ނެގި ވޯޓުގައި ހަސަންގެ ނަން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 39 މެމްބަރުންގެ އިއްތިފާގުންނެވެ. އީސީގެ މެމްބަރު ކަން ހުސްވީ އެ ކޮމިޝަންގައި ހުންނެވި ނައިބު ރައީސް އިސްމާއިލް ހަބީބުގެ ފަސް އަހަރުގެ ދައުރު މިދިޔަ މާޗް މަހު 13 އަށް ހަމަވުމާ ގުޅިގެންނެވެ. އެ މަގާމަށް […]

މަޖިލިސް 2024: ފައިނަލް ވޯޓާސް ލިސްޓް ޢާންމުކޮށްފި
Raajje

މަޖިލިސް 2024: ފައިނަލް ވޯޓާސް ލިސްޓް ޢާންމުކޮށްފި

އަންނަ މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ޢާންމުކޮށްފިއެވެ. މި ލިސްޓް އީސީން ނެރެފައި މިވަނީ އިންތިޚާބާބެހޭ ޤާނޫނަށް މަޖިލީހުން ގެނައި އިސްލާހްގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު އިންތިޚާބު ބާއްވާ ތާރީޚް ފަސްވުމުން، ރީ- ރަޖިސްޓްރޭޝަން އަށް އަލުން ހުޅުވާލައި ފުރުޞަތު ދިނުމަށް ފަހުއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024 ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓް މިފަހަރުގެ މަޖިލިސް [...

މެމްބަރު އަހުމަދު ރަޝީދު އިންތިހާބުގައި އަލުން ވާދަކުރަން ހައި ކޯޓަށް
Parliament

މެމްބަރު އަހުމަދު ރަޝީދު އިންތިހާބުގައި އަލުން ވާދަކުރަން ހައި ކޯޓަށް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރަން ނިންމެވި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އަލުން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތަކަށް އެދި ހައި ކޯޓަށް ހުށަހަޅުއްވައިފި އެވެ. ޑިމޮކްރެޓްސްގެ ފަރާތުން ހިތަދޫ މެދު ދާއިރާ އަށް ވާދަކުރަން އަހުމަދު ރަޝީދު ނަން ހުށަހެޅުއްވުމަށް ފަހު ނަން އަނބުރާ އޭރު ގެންދެވި އެވެ. އަދި އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިހާރު އޮތީ ހަމަވެފަ އެވެ. މަޖިލިސް އިންތިހާބު ރޯދަ މަހުގެ ފަހަށް ތާވަލު ކުރުމުން […]

މަޖިލިސް އިންތިހާބުގައި 602 ވޯޓު ފޮށި ބަހައްޓާނެ
Raajje

މަޖިލިސް އިންތިހާބުގައި 602 ވޯޓު ފޮށި ބަހައްޓާނެ

އަންނަ މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 602 ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. މިފަހަރުގެ މަޖިލިސް އިންތިހާބު އޮންނާނީ އަންނަ މަހުގެ 21 ގައެވެ. މަޖިލީސް އިންތިހާބުގެ ރީ-ރެޖިސްޓްރޭޝަނަށް މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހަމަވިއިރު، އީސީން ވަނީ ވޯޓު ފޮށި ބަހައްޓާ ތަންތަނުގެ މައުލޫމާތު އާންމުކޮށްފައެވެ. އެގޮތުން 602 ވޯޓު ފޮށީގެ ތެރެއިން މާލޭގައި 181 އަދި ހުޅުމާލޭގައި 51 ވޯޓު ފޮށި ބަހައްޓައެވެ. އަދި ވިލިމާލޭގައި 9 […]

އޮބްޒާވަރުންނާއި މޮނިޓަރުންނާއި މަންދޫބުންނަށް ވުމަށް އިތުރު ފުރުސަތެއް ދީފި
Raajje

އޮބްޒާވަރުންނާއި މޮނިޓަރުންނާއި މަންދޫބުންނަށް ވުމަށް އިތުރު ފުރުސަތެއް ދީފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގައި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމަށް އިތުރު ފުރުސަތެއް ދީފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ވަނީ އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމަށް ފޯމު ފުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި ފުރުސަތު ހުޅުވާލާފައި ވަނީ މާދަމާއިން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ 13:30ގެ ނިޔަލަަށެވެ. އޮބްޒާވްކުރުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން މޮނިޓަރަކަށް ވުމަށް އެދި ފޯމު ހުށަހެޅ...

އީސީގެ އައު ވެބްސައިޓް ލޯންޗްކޮށްފި
Raajje

އީސީގެ އައު ވެބްސައިޓް ލޯންޗްކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އައު ވެބްސައިޓެއް ފަރުމާކޮށް ބޭނުންކުރަން ފަށައިފިއެވެ. އީސީން މިއަދު ބުނީ އެ ކޮމިޝަންގެ މަސައްކަތްތަކާގުޅޭ މަޢުލޫމާތު ރައްޔިތުންނަށް ފަސޭހައިން ލިބޭނެގޮތަށް ފަރުމާކޮށްފައިވާ އައު ވެބްސައިޓުގެ ޚިދުމަތް މިއަދުން ފެށިގެން ލިބެމުންދާނެ ކަމަށެވެ. އީސީގެ އައު ވެބްސައިޓްގެ ލިންކް: https://www.elections.gov.mv އީސީއަކީ އިންތިޚާބުތަކާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އެކަންތައްތައް ހިންގުމާއި، ބެލެހެއްޓުމާއި، އެކަންތ...

ދެވަނަ ފުރުސަތުގައި ރީ ރަޖިސްޓްރީވީ 10،000 މީހުން، ވޯޓު ފޮށި ބަހައްޓާނީ 3 ގައުމުގައި
Raajje

ދެވަނަ ފުރުސަތުގައި ރީ ރަޖިސްޓްރީވީ 10،000 މީހުން، ވޯޓު ފޮށި ބަހައްޓާނީ 3 ގައުމުގައި

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލި ދެވަނަ ފުރުސަތުގައި 10،000 މީހުން ރީ ރަޖިސްޓްރީ ކޮށްފައިވާ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އަންނަ މަހު 21 ވަނަ ދުވަހު އޮންނަ މަޖިލީސް އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީވެފައި އޮތް ތަން ނޫން އެހެން ތަނަކަށް ރީރަޖިސްޓާކުރަން ހުޅުވައިލި ހަ ދުވަހުގެ މުއްދަތުގެ ހަމަވީ އިއްތެ މެންދުރު ފަހު 3:00 އަށެވެ. އީސީން ބުނި ގޮތުގައި ވޯޓުލާން 10،028 މީހުން ވަނީ ރީރެޖިސްޓާވެފައިވެއެވެ. އީސީން […]

އީސީގެ ނައިބު ރައީސަކަށް ނަޝާތު ހަމަޖައްސައިފި
Raajje

އީސީގެ ނައިބު ރައީސަކަށް ނަޝާތު ހަމަޖައްސައިފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް ކަމުގެ މަގާމަށް އެ ކޮމިޝަންގެ މެމްބަރު އަލީ ނަޝާތު މިއަދު އައްޔަން ކުރައްވައިފިއެވެ. އީސީގެ ނައިބު ރައީސަކު ހޮވާފައި މިވަނީ އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިސްމާއިލް ހަބީބް މެމްބަރު ކަމުގެ ދެ ދައުރު ފުރިހަމަކުރައްވައި ރިޓަޔާ ކުރައްވާފައިވާތީއެވެ. އެހެންވެ، އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އާންމު ޖަލްސާއެއް ބާއްވައި ނައިބު ރައީސަކު ކަނޑައަޅައިފައެވެ. އަލީ ނަޝާތު މިހާރު ފުރުއްވަމުން ގެންދަވަނީ އީސީގެ މެމްބަރުކަމުގެ ދެވަނަ […]

21 އަހަރަށް ފަހު ހަބީބު އިލެކްޝަންސް ކޮމިޝަނުން ވަކިވެވަޑައިގެންފި
Raajje

21 އަހަރަށް ފަހު ހަބީބު އިލެކްޝަންސް ކޮމިޝަނުން ވަކިވެވަޑައިގެންފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގައި ދިގު މުއްދަތެއް ވަންދެން މަސައްކަތް ކުރެއްވުމަށް ފަހުގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކޮމިޝަނުން ވަކިވެވަޑައިގެންފިއެވެ. ހަބީބް ވަނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރެއްގެ އިތުރުން ކޮމިޝަންގެ މުވައްޒަފެއްގެ ގޮތުގައި 21 އަހަރު ހިދުމަތް ކުރައްވައިފައެވެ. ހަބީބު އީސީގެ މެމްބަރެއްގެ ގޮތުގައި ފުރަތަމަ އައްޔަން ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާޗް 13، 2014 ގައެވެ.ދެވަނަ ދައުރަކަށް މެމްބަރެއްގެ ގޮތުގައި ހަބީބް ކޮމިޝަނަށް އައްޔަންކުރެއްވ...

ޕީއެންއެފް އުފައްދަން ބޭނުންވާ ސޮއި ހަމަކޮށް ހުށަހަޅައިފި
Raajje

ޕީއެންއެފް އުފައްދަން ބޭނުންވާ ސޮއި ހަމަކޮށް ހުށަހަޅައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމަށް ބޭނުންވާ ސޮއި ހަމަކޮށް، އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އިއްޔެ ހުށަހަޅައިފިއެވެ. އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވިގޮތުގައި، ޒެއިން އަބްދުﷲ ޔާމީން ގެ ފަރާތްޕުޅުންޕީ އެންއުފެއްދުމަށް 3060 ފޯމު އީސީ އަށް ވަނީ ހުށަހަޅުއްވާފައެވެ. ޒެއިން އަކީ އެ ޕާޓީގެ މުއައްސިސްއެވެ. އަދި އޭނާ އަކީ ރައީސް ޔާމީންގެ ދަރިކަލުންނެވެ. ހަބީބު ވިދާޅުވެފައިވާ ގޮތުގައި، އެ ފޯމުތަކުގެ […]

މަޖިލިސް 2024: ނަން ތަރުތީބު ކުރުން ކުރިއަށް
Raajje

މަޖިލިސް 2024: ނަން ތަރުތީބު ކުރުން ކުރިއަށް

އަންނަ މާރިޗް މަހު ބާއްވަން ތާވަލުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގައި ވާދަ ކުރަން ފޯމު ހުށަހެޅި ކެންޑިޑޭޓުންކުރެ ޝަރުތު ހަމަވި ކެންޑިޑޭޓުންގެ މެދުގައި ގުރުނެގުން ފަށައިގެން މުރިއަށް އެބަދެއެވެ. ނަން ތަރުތީބު ކުރުމުގެ ކުރީން އިންތިޚާބާ ބެހޭ ޤާނޫނާއި އެއްގޮތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނަން އަނބުރާ ގެންދިޔުމުގެ ފުރުސަތު މިއަދު މެންދުރު 14:00 އާއި ހަމައަށް ހުޅުވާލާފައެވެ. އެއަށް ފަހު ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށް ގުރު ނެގުން ވެސް މިއަދަށް […]

މަޖިލިސް އިންތިހާބުގައި ވާދަކުރަން 93 ދާއިރާއަކަށް 381 ފޯމް ހުށަހަޅައިފި
Raajje

މަޖިލިސް އިންތިހާބުގައި ވާދަކުރަން 93 ދާއިރާއަކަށް 381 ފޯމް ހުށަހަޅައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހަމަވިއިރު، 93 ދާއިރާއަކަށް 381 ކެންޑިޑެސީ ފޯމް ހުށަހަޅައިފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ އަންނަ މަހުގެ 17 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އިންތިހާބަށް ކުރިމަތިލުމަށް މިއަދު މެންދުރު 2:00 އާ ހަމައަށް ވަގުތު ހަމަވިއިރު، 381 ފޯމް ހުށަހަޅާފައިވާ ކަމަށާއި އެ ފޯމްތައް ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ފޯމްތައް ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރަމުން […]

އެމްޑީޕީން ފޯމު ހުށަހަޅައިފި، 4 ދާއިރާ އަކަށް ވާދައެއް ނުކުރޭ!
Raajje

އެމްޑީޕީން ފޯމު ހުށަހަޅައިފި، 4 ދާއިރާ އަކަށް ވާދައެއް ނުކުރޭ!

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން 20 ވަނަ މަޖިލީހުގައި ވާދަކުރާ ކެންޑިޑޭޓުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ފޯމު ހުށަހަޅައިފިއެވެ. އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ފޯމު ހުށަހަޅަން އީސީ އަށް މިއަދު ދިޔައިރު، އެ ޕާޓީ ލީޑާޝިޕްގެ ބޭފުޅުން ވެސް އެކުގައި ދިޔައެވެ. 20 ވަނަ މަޖިލީހަށް 93 ދާއިރާ އަކަށް 93 މެންބަރުން އިންތިޚާބު ކުރާއިރު އެމްޑީޕީން 89 ދާއިރާއަކަށް ވެސް ކުރިމަތިލައެވެ. އެނގިފައިވާ ގޮތުގައި ވ. ފެލިދޫ ދާއިރާ، ތ. […]

ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން ފާސްކޮށްފި
Parliament

ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން ފާސްކޮށްފި

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭ ގޮތަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފިއެވެ. އެ މައްސަލަ ދިރާސާކުރަން އެކުލަވައިލި ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ކޮމިޓީން ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން ފާސްކުރީ މި މަހުގެ 7 ވަނަ ދުވަހުއެވެ. މަޖިލީހުގައި މިއަދު ވަނީ އެކޮމެޓީގެ ރިޓަށް ބަހުސްއަށް ހުޅުވާލައި، ވޯޓަށް އަހާފައެވެ. އިންތިޚާބުތަކާބެހޭ އާންމު ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާޢު އެވެ. މި ބިލުގެ...

މަޖިލީހަށް ކުރިމަތިލާން ބާކީ 4 ދުވަސް، މުއްދަތު ދެން އިތުރެއް ނުކުރާނެ
Raajje

މަޖިލީހަށް ކުރިމަތިލާން ބާކީ 4 ދުވަސް، މުއްދަތު ދެން އިތުރެއް ނުކުރާނެ

ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވާން ދެން އޮތީ އެންމެ ހަތަރު ދުވަސްކަން އެ ކޮމިޝަނުން ހަނދާންކޮށްދީފިއެވެ. ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އީސީން ހުޅުވާލީ 30 ޖެނުއަރީ 2024 ގައެވެ. އަދި މި ފުރުސަތު  14 ފެބުރުވަރީ 2024 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00 އަށް ހަމަވާނެއެވެ. އީސީގެ ނައިބު ރައީސް އިސްމާއީލު […]