Skip to main content
Topic Archive

#އިލެކްޝަން ކޮމިޝަން

344 Stories filed
ނ. މަގޫދޫ އާއި ލ. ކަލައިދޫގެ ބައި-އިލެކްޝަން ޕީޕީއެމް އަށް!
Raajje

ނ. މަގޫދޫ އާއި ލ. ކަލައިދޫގެ ބައި-އިލެކްޝަން ޕީޕީއެމް އަށް!

ނ. މަގޫދޫ އާއި ލ. ކަލައިދޫގެ ބައި-އިލެކްޝަން، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ކާމިޔާބުކޮށްފި އެވެ. މިއަދު ބޭއްވި ބައި-އިލެކްޝަން ގައި އެ ދެރަށުގެ ތެރެއިން ނ. މަގޫދޫ ކައުންސިލުގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި- އިލެކްޝަން ޕީޕީއެމް އިން ކާމިޔާބުކުރީ 9 ވޯޓުގެ ތަފާތަކުން ނެވެ. އެގޮތުން ޕީޕީއެމް އިން ވާދަކުރެއްވި އާމިނަތު ޔުމްނާ އަބްދުލްޣަނީ އަށް 124 ވޯޓު ލިބިވަޑައިގެންނެވިއިރު، އެމްޑީޕީ އިން ވާދަކުރެއްވި ފަރީދާ އަދްނާނަށް  ލިބިވަޑައިގެންނެވީ 115 […]

ޑަބްލިއުޑީސީގެ ބައި-އިލެކްޝަން އަހަރަކު އެއް ފަހަރު ބާއްވަން ފާސްކޮށްފި
Parliament

ޑަބްލިއުޑީސީގެ ބައި-އިލެކްޝަން އަހަރަކު އެއް ފަހަރު ބާއްވަން ފާސްކޮށްފި

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ބައި އިލެކްޝަންތައް އަހަރަކު އެއް ފަހަރު ބާއްވަން، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ހުށަހެޅުއްވި މި ބިލު ފާސްވީ 34 މެމްބަރުންގެ ވޯޓުން ނެވެ. ބިލު ފާސްކުރަން ނުފެންނަކަމަށް ދެ މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ. ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ޑަބްލިއުޑީސީ އާއި ގުޅޭ އިސްލާހު ވެލިދޫ ދާއިރާގެ […]

ދަފްތަރު ކުރުމަށް ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފަރާތްތަކަށް، ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި
Raajje

ދަފްތަރު ކުރުމަށް ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފަރާތްތަކަށް، ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

ސިޔާސީ ޕާޓީތަކުން އެ ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި އެ ޕާޓީތަކުގެ ދަފުތަރުގައި ޖެއްސުމަށް ހުށަހަޅާ ފަރާތްތައް ދަފުތަރު ކުރުމުގެ ކުރިން ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި އެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރައްވާފައިވާ އިއުލާނެއްގައި ވަނީ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފްތަރު ކުރުމަށް ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފަރާތްތަކުގެ ފޯމު ދަފްތަރު ކުރުމުގެ ކުރިން، ކޮމިޝަނަށް ހުށަހެޅިފައިވާ ފޯމުތަކަކީ ސައްހަ ފޯމުކަމުގައި ކަށަވަރު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން އެ ކޮމިޝަނުން ކ...

ނ. މަގޫދޫ އާއި ކަލައިދޫ ބައި-އިލެކްޝަންގައި ވޯޓުފޮށި ބަހައްޓާ ތަންތަން އިއުލާން ކޮށްފި
Raajje

ނ. މަގޫދޫ އާއި ކަލައިދޫ ބައި-އިލެކްޝަންގައި ވޯޓުފޮށި ބަހައްޓާ ތަންތަން އިއުލާން ކޮށްފި

ނ. މަގޫދޫ އާއި ލ. ކަލައިދޫ ބައި-އިލެކްޝަންގައި ވޯޓުފޮށި ބަހައްޓާ ތަންތަން އިއުލާން ކޮށްފި އެވެ. ނ. މަގޫދޫ ގައި ބާއްވަނީ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނެވެ. އަދި ލ. ކަލައިދޫ ގައި ބާއްވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވީ މި ދެ ބައި-އިލެކްޝަން ވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރ 5 ވާ ހޮނިހިރު ދުވަހު އެވެ. މަގޫދޫ ގައި ބަހައްޓާ ވޯޓުފޮށި […]

ޕީޕީއެމް އާއި އަލަށް ގުޅުނު 10،000 މެންބަރުންގެ ފޯމު އީސީއަށް ހުށަހަޅައިފި
Raajje

ޕީޕީއެމް އާއި އަލަށް ގުޅުނު 10،000 މެންބަރުންގެ ފޯމު އީސީއަށް ހުށަހަޅައިފި

އިދިކޮޅު މައި ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި އަލަށް 10،000 މެމްބަރުން ގުޅިއްޖެ އެވެ. އެ ޕާޓީން މިއަދުވަނީ އެ ޕާޓީ އާ އަލަށް ގުޅުނު 10،000 މެމްބަރުންގެ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފަ އެވެ. މި ފޯމުތަކާއި އީސީގެ ފަރާތުން ހަވާލުވެލެއްވީ ރައީސް ފުއާދު ތައުފީގު އެވެ. ފޯމުތައް ހަވާލުކޮށްދެއްވީ ޕީޕީއެމް-ޕީއެންސީ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. ޕީޕީއެމް ގެ އެތެރޭގެ އިންތިޚާބު މި މަހުގެ […]

މާއުނގޫދޫ އާއި އެކު ހަތަރު ރަށެއްގެ ބައި އިލެކްޝަން ކުރިއަށް
Raajje

މާއުނގޫދޫ އާއި އެކު ހަތަރު ރަށެއްގެ ބައި އިލެކްޝަން ކުރިއަށް

ށ. މާއުނގޫދޫ އާއި އެކު 4 ރަށެއްގެ ބައި އިލެކްޝަން މިއަދު ފަށައިގެން ކުރިއަށް އެބަ ދެއެވެ. އެގޮތުން ށ. މާއުނގޫދޫ ގައި ކުރިއަށްދަނީ ކައުންސިލަށް މެމްބަރަކު އިންތިޚާބު ކުރުމެވެ. އަދި ރ. ރަސްމާދޫ، ތ. ގުރައިދޫ އަދި ލ. ދަނބިދޫގައި ކުރިއަށް ދަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުމެވެ. މި ބައި އިލެކްޝަންސްތަކުގެ ވޯޓުލުން މިއަދު ހެނދުނު 8 ޖެހިއިރު ފަށާފައިވާއިރު، ހަވީރު 4 ޖެހުމާއި […]

ދިއްގަރާއި ގާދިއްފުށީގެ ބައި-އިލެކްޝަން: ޕީޕީއެމްގެ މައްޗަށް އެމްޑީޕީން ކުރި ހޯދައިފި
Raajje

ދިއްގަރާއި ގާދިއްފުށީގެ ބައި-އިލެކްޝަން: ޕީޕީއެމްގެ މައްޗަށް އެމްޑީޕީން ކުރި ހޯދައިފި

މ. ދިއްގަރާއި ތ. ގާދިއްފުށީގެ ކައުންސިލުން ހުސްވެފައިވާ ކައުންސިލަރުންގެ މަގާމަށް މީހުން އިންތިޚާބު ކުރުމަށް މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަންގައި ވެރިކަންކުރާ އިއްތިހާދުގެ މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓުން ކުރި ހޯދައިފިއެވެ. އިލެކްޝަން ކޮމިޝަން (އީސީ) އިން މިރޭ އާންމު ކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން މ. ދިއްގަރު ކައުންސިލަށް މެންބަރަކު ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް ޢަބުދުﷲ ޢާރިފްއެވެ. އޭނާއަށް 375 ވޯ...

ސިޔާސީ ޕާޓީތަކަށް ރަޖިސްޓްރީ ކުރުމުގެކުރިން ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި
Raajje

ސިޔާސީ ޕާޓީތަކަށް ރަޖިސްޓްރީ ކުރުމުގެކުރިން ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

ސިޔާސީ ޕާޓީތަކުން މީޙުން ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ފޯމުތަކަކީ ސައްހަ ފޯމުތަކެއްތޯ ޔަގީންކުރުމަށް ލިސްޓު އާންމުކޮށްފިއެވެ. އެއް ޕާޓީގައި ހުންނަ މީހާ އަނެއް ޕާޓީއަށް ރަޖިސްޓްރީ ކުރުމާއި، ނޭނގި ޕާޓީތަކުގައި މީހުން ރަޖިސްޓްރީކޮށްފައި ހުންނަ މައްސަލަތައް ފެންމަތިވާވަރު ބޮޑުވެ އެކަން ހައްލުކުރުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ދާދި ފަހުން ވަނީ އައު އުސޫލުތަކެއް ހަދާފައެވެ. އެގޮތުން މިހާރު ޕާޓީތަކުން ހުށަހަޅާ ފޯމުތައް ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމުގެ ކުރިން އެ ފޯމުތަކުގެ ލިސްޓު އާންމު...

ޑަބްލިޔުޑީސީގެ ތިން ގޮނޑިއެއް އެމްޑީޕީއަށް
Raajje

ޑަބްލިޔުޑީސީގެ ތިން ގޮނޑިއެއް އެމްޑީޕީއަށް

މިއަދު ކުރިއަށް ދިޔަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންތަކުން ތިން ގޮނޑިއެއް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކާމިޔާބު ކޮށްފިއެވެ. މިއަދުގެ އިންތިޚާބުގައި 4 ރަށެއްގެ ކޮމެޓީތަކަށް 5 މެންބަރަކު އިންތިޚާބު ކުރިއެވެ. މިގޮތުން ށ. ޅައިމަގު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަން އެ ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓް މަރްޔަމް ޒުހުރާއެވެ. ޒުހުރާ އެ ގޮނޑި ކާމިޔާބު ކުރީ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ކެ...

އެމްއެލްއެސްޑީޕީ އުވާލަން ނިންމައިފި
Raajje

އެމްއެލްއެސްޑީޕީ އުވާލަން ނިންމައިފި

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަ ނުވާތީ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފިއެވެ. ގާނޫނުގައި ބަޔާން ކުރާ މެންބަރުންގެ އަދަދު ހަމަނުވާތީ، މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހަތަރު ޕާޓީއަކުން އީސީން ވަނީ އުވާލާނެ ކަމުގެ ނޯޓިސް ދީފަ އެވެ. އެއީ އެމްއެލްއެސްޑީޕީގެ އިތުރުން މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އާއި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އެވެ. މި […]

އާންމު ރައްޔިތުންގެ ޕާޓީ އުފައްދަން ދިން ހުއްދަ ބާތިލްކޮށްފި
Raajje

އާންމު ރައްޔިތުންގެ ޕާޓީ އުފައްދަން ދިން ހުއްދަ ބާތިލްކޮށްފި

“އާންމު ރައްޔިތުންގެ ޕާޓީ”ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދިން ހުއްދަ ބަތިލުކޮށްފިއެވެ. އާންމު ރައްޔިތުންގެ ޕާޓީގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައި ވަނީ ސ. ހިތަދޫ ކަނަދޫގެ އަހުމަދު ސައީދަށެވެ. އޭނާ އަށް އީސީން އެ ހުއްދަ ދިނީ މިދިޔަ އަހަރުގެ ފެބްރުއަރީ 20 ވަނަ ދުވަހުއެވެ. އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު މިއަދު ވިދަޅުވީ، އާންމު ރައްޔިތުންގެ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި އީސީން […]

މައްސަލަ ސާބިތުވާނަމަ ޕީޕީއެމް އަށް ފިޔަވަޅު އަޅާނަން: އިލެކްޝަންސް
Raajje

މައްސަލަ ސާބިތުވާނަމަ ޕީޕީއެމް އަށް ފިޔަވަޅު އަޅާނަން: އިލެކްޝަންސް

މިއަދު ހެނދުނު ގަލޮޅު ސްޓޭޑިއަމްގައި ހިންގި ހަމަނުޖެހުމުގައި ޕީޕިއެމްގެ އަތެއް ވާކަން ސާބިތުވެއްޖެ ނަމަ އެ ޕާޓީއަށް ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ. އީސީ އިން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިނިސްޓްރީ އޮފް ޔޫތު، އޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމެންޓުން، ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ހެނދުނު ކުރިޔށް ގެންދިޔަ ޙަރަކާތަށް ހުރަސްއަޅައި އެ ޙަރަކާތުގައި ބައިވެރިވި ބޭރުގެ ގައުމުތަގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުންނާއި ދެކޮޅަށް، ބިރުވެރިކަން އު...

ނޯޓިސް ދިން ހުރިހާ ޕާޓީއަކުން މެމްބަރުން ހަމަކޮށްފި
Raajje

ނޯޓިސް ދިން ހުރިހާ ޕާޓީއަކުން މެމްބަރުން ހަމަކޮށްފި

ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީވެފައި އޮތުމަށް ގާނޫނުން އަންގާ ވަރަށް މެމްބަރުން ހަމަނުވާތީ އުވާލަން ނޯޓިސް ދިން ހުރިހާ ޕާޓީއަކުން މެމްބަރުން ހަމަކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުން ތިން މަހުގެ ނޯޓިސް އެއް ދިނީ ޑީއާރްޕީ، އެމްޓީޑީ، އެމްއެލްއެސްޑީޕީގެ އިތުރުން އެމްއާރްއެމަށެވެ. އެ ޕާޓީތަކަށް ދިން މުއްދަތު ވަނީ ރެއަށް ހަމަވެފައެވެ. އިލެކްޝަނުން އެކަމުގެ ތަފީސްލު މިއަދު އާންމުކުރި އިރު މި ހަތަރު ޕާޓީން ވެސް ވަނީ މެމްބަރުން ހަމަކޮށްފައެވެ. އެގޮތުން އެމްއާރްއެމްއިން ވަނީ 2280 މެންބަރުން ތިއްބާ [...

ނޯޓިސް ދިީފައިވާ ޕާޓީތަކުން ހުށަހަޅާ ފޯމުތައް މިރޭގެ 22:00 އާއި ހަމައަށް ބަަލައިގަންނަން ނިންމައިފި
Raajje

ނޯޓިސް ދިީފައިވާ ޕާޓީތަކުން ހުށަހަޅާ ފޯމުތައް މިރޭގެ 22:00 އާއި ހަމައަށް ބަަލައިގަންނަން ނިންމައިފި

ނޯޓިސް ދިީފައިވާ ޕާޓީތަކުން ހުށަހަޅާ ފޯމުތައް މިރޭގެ 22:00 އާއި ހަމައަށް ބަަލައިގަންނަން ނިންމާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ. އީސީން ބުނ،ީ ‏ސިޔާސީ ޕާޓީގެ ޤާނޫނުގެ 28 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ޤާނޫނުގައިވާ ޢަދަދަށް މެންބަރުން ހަމަކުރުމަށް ސިޔާސީ ޕާޓީތަކަށް ދީފައިވާ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާނެ ކަމަށެވެ. އެހެންވެ ‏ޤާނޫނުގައިވާ ޢަދަދަށް މެންބަރުން ހަމަކުރުމަށް ނޯޓިސް ދެވިފައިވާ ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފޯމުތައް މިރޭގެ 22:00 އާ ހަމައަށް […]

އިންތިޚާބަކަށް ދާންނުޖެހި، ވަށަފަރު އަންހެނުން ކޮމެޓީ ގޮނޑި ޕީޕީއެމަށް
Thiladhunmathi News

އިންތިޚާބަކަށް ދާންނުޖެހި، ވަށަފަރު އަންހެނުން ކޮމެޓީ ގޮނޑި ޕީޕީއެމަށް

ހއ. ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރަކު އިންތިޚާބު ކުރުމަށް ހުޅުވާލި ބައި-އިލެކްޝަންގައި ވާދަކުރުމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު، ކުރިމަތިލާފައި ވަނީ ހަމައެކަނި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓެއްކަމުން އިންތިޚާބަކަށް ދާންނުޖެހި، އެ ގޮނޑި އަށް ޕީޕީއެމްގެ ކެންޑިޑޭޓް ހޮވިއްޖެއެވެ. އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނީ، އަންނަ ޖުލައި މަހުގެ 02 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އެ ކޮމިޝަނުން ޢިއުލާންކުރި ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައ...