މަޖިލިސް ރައީސް ގޮނޑިން ބޭރުކުރާ ހިސާބަށް ކަންކަން ދާހެން އެބަހީވޭ: އާދަމް ޝަރީފް
ކަން މިހާރު ހިނގަމުންދާ ގޮތުން އެންމެފަހުން މަޖިލިސް ރައީސް މުޙައްމަދު ނަޝީދު މަޖިލިސް ރައީސްކަމުން ވަކިކޮށްފާނެހެން ހީފުޅުވާކަމަށް އިދިކޮޅު ޕީޖީ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ. މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް މިހެން ވިދާޅުވީ، މިއަދުގެ ޖަލްސާއަށް އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު، ގއ. ވިލިނގިލި ހޮސްޕިޓަލަށް ގެންދިޔަ ބަލި މީހަކަށް ފަރުވާ ދިނުން ލަސްވެ އެކަމުގައި އިހްމ...