މަސައްކަތްތެރިންނާއިނުލައި ހިންގޭނެ ރިސޯޓެއް، ވިޔަފާރިއެއް، އެހެން މަސައްކަތެއް ވެސް ނެތް: މައުރޫފް
މަސައްކަތްތެރިންނާއިނުލާ ހިންގޭނެ ރިސޯޓެއް، ވިޔަފާރިއެއް، އެހެން މަސައްކަތެއް ވެސް ނެތް ކަމަށާއި، މަސައްކަތްތެރިންނަކީ ގައުމު ހިންގުމުގެ އިންޖީނު ކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ ރައީސް މައުރޫފް ޒާކިރު (މާއްޓޭ) ވިދާޅުވެއްޖެއެވެ. މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ މަސައްކަތްތެރިންގެ ކޮންގްރެސް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މާއްޓޭ ވަނީ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް އަކީ މައިގަނޑު 6 ޔޫނިއަން އެއް ނުވަތަ 6 ޖަމިއްޔާއެއް ތަމްސީލްކުރާ ޖަމާއަތެއް ކަމަށް ވ...