މި ހުރީ ރައްޔިތުންނަށްޓަކައި ސާބިތުވެ، ވޯޓު ކަރުދާހުގައި ނަން އޮންނާނެ: ނާޒިމް
އޭނާ ހުންނެވީ ރައްޔިތުންނަށްޓަކައި ރިޔާސީ ރޭހުގައި ސާބިތުވެކަމަށާއި، އަންނަ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގައި އޭނާގެ ނަން އޮންނާނެކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ އެމްއެންޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ ޖަގަހަ ޖަލްސާ ”ރައްޔިތުންގެ އުދާސް”ގެ ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ މި އަހަރަކީ، ދިވެހި ޤައުމު ބަދަލުކޮށ...