Skip to main content
Topic Archive

#އެމްއެންޕީ

197 Stories filed
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން: ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު އެމްއެންޕީއިން ހުޅުވާލައިފި
Raajje

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން: ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު އެމްއެންޕީއިން ހުޅުވާލައިފި

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ހުޅުވާލައިފިއެވެ. އެމްއެންޕީން މިއަދު ބުނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ޕްރައިމަރީގައި ވާދަކުރުމަށް ބޭނުންވާ އެ ޕާޓީގެ މެންބަރުންނަށް އެފުރުޞަތު މިއަދު ހުޅުވާލާފައިވާ ކަމަށެވެ. މިގޮތުން މި ބައި އިލެކްޝަންގައި ވާދަކުރަން ބޭނުންވާ އެޕާޓީގެ މެމްބަރުން އެކަމަށް އެދޭ ފޯމް ފުރިހަމަކޮށް، ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތަކާއެކު، 26 ޑިސެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ 17:00 ކުރިން...

އެއިރަކު އޮންނަ ސަރުކާރަކުން ވަކި ގައުމަކަށް ބަރޯސާވުމަކީ ސިޔާސީ ލީޑަރުންގެ ބަލިކަށިކަން: ރިޔާޟް
Thiladhunmathi News

އެއިރަކު އޮންނަ ސަރުކާރަކުން ވަކި ގައުމަކަށް ބަރޯސާވުމަކީ ސިޔާސީ ލީޑަރުންގެ ބަލިކަށިކަން: ރިޔާޟް

އެއިރަކު އޮންނަ ސަރުކާރަކުން ވަކި ގައުމަކަށް ބަރޯސާވުމަކީ ސިޔާސީ ލީޑަރުންގެ ބަލިކަށިކަން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އިންތިޤާލީ އެއް ނައިބު ރައީސް، ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބުދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ. އިއްޔެ ކުރިއަށް ދިޔަ އެމްއެންޕީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރިޔާޟް ވިދާޅުވީ، “އިންޑިއާ އައުޓް” ކެމްޕޭން އެ ޕާޓީން ޤަބޫލު ނުކުރަށްވާކަމަށާއި، އެހެން ދަންނަވާ ބައިވަރު ސަބަބުތައް ވެސް އެބަހުރި ކަމަށެވެ. އެމްއެންޕީ ޤަބޫލުކުރަނީ އިންޑިއާއަކީ ވެސް ޗައި...

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްއެންޕީއިން ވާދަކުރަނީ
Raajje

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްއެންޕީއިން ވާދަކުރަނީ

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަ ކުރާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފި އެވެ. އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަ ކުރަން ނިންމާފައިވާ ކަމަށެވެ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަން ނިންމާ އެމްއެންޕީއިން މިއަ...

ރަޖިސްޓްރީ ކުރިތާ މަހެއް ނުވަނީސް އެމްއެންޕީއަށް 10،000 މެންބަރުން ހަމަކޮށްފި
Raajje

ރަޖިސްޓްރީ ކުރިތާ މަހެއް ނުވަނީސް އެމްއެންޕީއަށް 10،000 މެންބަރުން ހަމަކޮށްފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އަށް 10 ހާސް މެންބަރުން ހަމަކޮށްފިއެވެ. އިލެކްޝަން ކޮމިޝަން (އީސީ)އިން “މޯލްޑިވްސް ނެޝަނަލް ޕާޓީ” ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓަރީކޮށްދީ، އެ ޕާޓީގެ ރަޖިސްޓަރީ ހަވާލުކުރީ ހުސްވި އޮކްޓޯބަރުމަހުގެ 25 ވަނަ ދުވަހުއެވެ. އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) މި ރޭ ކުރެއްވި ޓްވީޓެއްގައި އެ ޕާޓީއަށް 10 ހާސް މެންބަރުން ހަމަވިކަން ވަނީ ޢިއުލާން ކުރަށްވާފައެވެ. ކުރު މުއްދަތެއްގެ ތެރޭގައި އެމްއެންޕީގެ މެންބަރުންގެ އަދަދު 10000 އަށްވުރެ […]

އެމްއެންޕީ ތިލަދުންމަތީގެ 3 ރަށަކަށް
Raajje

އެމްއެންޕީ ތިލަދުންމަތީގެ 3 ރަށަކަށް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ތިލަދުންމަތީގެ 3 ރަށަކަށް ކުރާ ދަތުރެއް މިއަދު ފަށައިފިއެވެ. އެމްއެންޕީގެ ރައީސް ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމާއި، އެ ޕާޓީ ބައެއް ނަައިބު ރައީސުންނާއި، ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން މި ދަތުރުކުރުގައި ބައިވެރިވެ ވަޑައިގަންނަވައެވެ. މި ދަތުރުގެ ފުރަތަމަ މަންޒިލެއް ގޮތުން ހަނިމާދޫއަށް ގޮސްފައިވާއިރު، އެ ރަށުން އެ ޕާޓީއާއި އަލަށް ގުޅުނު މެންބަރުންގެ ފޯމްތައް ޕާޓީގެ ރައީސް ނާޒިމާއި ވަނީ ހަވާލުކޮށްފައެވެ. މި ދަތުރުގެ ދެވަނަ މަންޒިލެއްގެ […]

އެމްއެންޕީގެ މެންބަރުންނަށް މަޖިލީހުގެ 7 ކޮމެޓީއަކުން ޖާގަ ހަމަޖައްސައިފި
Raajje

އެމްއެންޕީގެ މެންބަރުންނަށް މަޖިލީހުގެ 7 ކޮމެޓީއަކުން ޖާގަ ހަމަޖައްސައިފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ މަޖިލިސް މެންބަރުންނަށް މަޖިލީހުގެ ކޮމެޓީތަކުން ފުރުސަތުދީފިއެވެ. މިގޮތުން މަޖިލީހުގެ 7 ކޮމެޓީއަކުން ވަނީ މަޖިލީހުގައި ހިމެނޭ އެމްއެންޕީގެ 3 މެންބަރުންނަށް ފުރުސަތު ދީފައެވެ. އެ ޕާޓީގެ މެމްބަރުންގެ ނަންތައް މަޖިލީހުގެ ރިޔާސަތުން، މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދު ﷲ މި އަދުގެ ޖަލްސާގައި ވަނީ އިއުލާންކުރައްވާފަ އެވެ. އެ ނަންތައް މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ 34 މެމްބަރުންގެ ވޯޓާ އެކުއެވެ. އެމްއެންޕީގެ މެންބަރުންނަށް ޖާގަދިން ކޮމެޓީތައް ދަނގެތީ ދާއިރ...

ކުޅުދުއްފުށީ ސިޓީ މޭޔަރު ކަމަށް ވާދަކުރި އާދަމް ޝަރީފް އެމްއެންޕީއަށް ސޮއިކޮށްފި
Thiladhunmathi News

ކުޅުދުއްފުށީ ސިޓީ މޭޔަރު ކަމަށް ވާދަކުރި އާދަމް ޝަރީފް އެމްއެންޕީއަށް ސޮއިކޮށްފި

ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ހދ. ކުޅުދުއްފުށީ ސިޓީގެ މޭޔަރު ކަމަށް އަމިއްލަ ގޮތުން ވާދަކުރި، ހދ. ކުޅުދުއްފުށީ، ރެޑްޕާލް، އާދަމް ޝަރީފް މުހައްމަދު، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އަށް އިއްޔެ ސޮއިކޮށްފިއެވެ. ކުރިން އެމްޑީޕީއާއި، ޑީއާރުޕީގައި ވެސް އިސް ސަފުގައި މަސައްކަތްކުރި އާދަމް ޝަރީފް އެމްއެންޕީއާއި ގުޅުނުކަން ހާމަކޮށް އެ ޕާޓީން ބުނީ، ސިޔާސީ ދާއިރާގައި، ޚާއްސަކޮށް ސިޔާސީ ކެމެޕެއިންތަކުގައި ގިނަ ތަޖުރިބާތަކެއް ހާސިލުކޮށްފައިވާ ކުޅުދުއްފުށި އާދަމް ޝަރީފް އެމްއެންޕީއަށް ސޮއިކޮށްފައިވާ...

އެމްއެންޕީގެ ޕީޖީ ލީޑަރަކަށް ރިޔާޟް، އިދާރީ އިސް މަގާމުތަަކަށް މެންބަރުން އައްޔަން ކޮށްފި
Raajje

އެމްއެންޕީގެ ޕީޖީ ލީޑަރަކަށް ރިޔާޟް، އިދާރީ އިސް މަގާމުތަަކަށް މެންބަރުން އައްޔަން ކޮށްފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)  ޕާލިމަންޓްރީ ގުރޫޕުގެ އިސް ދެ މަގާމަށާއި، އެ ޕާޓީގެ އިދާރީ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުކޮށްފިއެވެ. އެމްއެންޕީ އިއްޔެ ވަނީ 3 މެންބަރުންނާއެކު ރައްޔިތުންގެ މަޖިލީހުގެ ދަފްތަރުގައި ހިމަނާފައެވެ. އެހެން ކަމުން އެ ޕާޓީގެ ޕީޖީ ގްރޫޕްގައި ތިއްބަވާ 3 މެންބަރުންނަކީ ޕާޓީގެ ރައީސް ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި، ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޟް އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު […]

3 މެންބަރުންނާއެކު އެމްއެންޕީ މަޖިލީހުގެ ދަފްތަރަށް
Parliament

3 މެންބަރުންނާއެކު އެމްއެންޕީ މަޖިލީހުގެ ދަފްތަރަށް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރައްޔިތުންގެ މަޖިލިސްގެ ދަފުތަރުގައި ހިމަނައިފިއެވެ. އެ ޕާޓީ މަޖިލީހުގެ ދަފުތަރުގައި ހިމެނިކަން ޢިއުލާން ކުރެއްވީ މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާ ފައްޓަވައި ދެއްވަމުން، ރިޔާސަތުން މަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. އެމްއެންޕީ މަޖިލީހުގެ ދަފްތަރުގައި ހިމެނިއިރު، އެ ޕާޓީ އުފެއްދުމަށް އިސްކޮށް އުޅުއްވި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި، ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު...

އެމްޑީޕީއިން އެހީއަށް އެދުނު، ގޮތް ނިންމާނީ މަޝްވަރާކޮށް، ރައްޔިތުން ދެކޭގޮތް ސާފްކުރުމަށްފަހު: އެމްއެންޕީ
Raajje

އެމްޑީޕީއިން އެހީއަށް އެދުނު، ގޮތް ނިންމާނީ މަޝްވަރާކޮށް، ރައްޔިތުން ދެކޭގޮތް ސާފްކުރުމަށްފަހު: އެމްއެންޕީ

ގާނޫނުއަސާސީ އިސްލާހްކުރުމަށް އެމްޑީޕީއިން އެހީއަށް އެދުނު ކަމަށާއި، ގޮތެއް ނިންމާނީ ޕާޓީގެ ގައުމީ ހިންގާ ކައުންސިލްގައި މިކަމާ ގުޅޭގޮތުން މަޝްވަރާކުރުމުގެ އިތުރުން، ޕާޓީގެ އާންމު މެންބަރުންނާއި ދިވެހި ރައްޔިތުން މިކަންކަމާ ގުޅޭގޮތުން ދެކޭގޮތް ސާފުކުރުމަށްފަހުގައި ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ބުނެފިއެވެ. އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް، ރައީސް މުޙަންމަދު ނަޝީދުގެ ދައުވަތަކަށް އެމްޑީޕީގެ އިސްވެރިންނާއެކު އެމްއ...

މޯލްޑިވްސް ނެޝަނަލް ޕާޓީ ރަޖިސްޓްރީކޮށްފި
Raajje

މޯލްޑިވްސް ނެޝަނަލް ޕާޓީ ރަޖިސްޓްރީކޮށްފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރަޖިސްޓަރީކޮށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނައިފިއެވެ. މިކަން ހާމަކޮށް މިއަދު އިލެކްޝަން ކޮމިޝަނުން ކޮށްފައިވާ ޓްވީޓްގައި ވިދާޅުވެފައި ވަނީ މިއަދު ބޭއްވުނު 396 ވަނަ ޖަލްސާއިން “މޯލްޑިވްސް ނެޝަނަލް ޕާޓީ” ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް ނިންމައި އެ ޕާޓީގެ ރަޖިސްޓަރީ ހަވާލު ކޮށްފައިވާ ކަމަށެވެ. އެމްއެންޕީއަކީ ކުރީގެ ޑިފެންސް މިނިސްޓަރ އަދި މިހާރު ރައްޔިތުންގެ މަޖިލީހުގައި ދަނގެތީ ދާއިރާ ތަމްސީލް ކުރައްވަމުން އަންނަ މެމްބަރ މުހައްމަދު ނާޒިމ...

ވޯޓުން ހޮވާފައި ހުންނަ މީހަކު ސްލޫކް ކޮމެޓީ މެދުވެރިކޮށް އެމްއެންޕީން ވަކި ނުކެރެވޭނެ: ރިޔާޟް
Raajje

ވޯޓުން ހޮވާފައި ހުންނަ މީހަކު ސްލޫކް ކޮމެޓީ މެދުވެރިކޮށް އެމްއެންޕީން ވަކި ނުކެރެވޭނެ: ރިޔާޟް

މެންބަރުންގެ ސީދާ ވޯޓުން ހޮވާފައި ހުންނަ މީހަކު، ޕާޓީގެ ނުފޫޒު ގަދަ މީހެއްގެ ބާރުން، ސްލޫކް ކޮމެޓީ މެދުވެރިކޮށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ވަކި ނުކެރެވޭނެ ކަމަށް އެ ޕާޓީގެ އިންތިޤާލީ އެއް ނައިބު ރައީސް، ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބުދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ. އެމްއެންޕީ އުފެއްދުމުގައި ވެސް އިސްކޮށް އުޅުއްވާ ރިޔާޟް މިހެން ވިދާޅުވީ، އެ ޕާޓީ އުފެއްދުމަށް ބޭއްވި ބައްދަލުވުން ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ރިޔާޟް ވިދާޅުވީ، މީގެކުރިން އުފެދިފައިވ...

އެމްއެންޕީ އުފެއްދުމުގެ ބައްދަލުވުން ބާއްވައިފި
Raajje

އެމްއެންޕީ އުފެއްދުމުގެ ބައްދަލުވުން ބާއްވައިފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމުގެ ބައްދަލުވުން އިއްޔެ ބާއްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޟް އިސްވެ ތިއްބަވައިގެން އުފެއްދެވި މި ޕާޓީގެ އުފެއްދުމުގެ ބައްދަލުވުމުގައި ވަނީ ޕާޓީގެ ނަން، ނިޝާން، ދިދަ އަދި އަސާސީ ގަވާއިދު ފާސްކޮށް އިސް ގުނަވަންތަކަށް މެންބަރުން އިންތިޚާބު ކޮށްފައެވެ. މިގޮތުން އެ ބައްދަލުވުމުގައި އެމްއެންޕީގެ އިންތިޤާލީ ރައީސަކަށް އިންތިޚާބުކޮށްފައި ވަނީ އެ ޕ...

ވާދަވެރިކަމެއް ނެތި އެމްއެންޕީގެ ރައީސަކަށް ނާޒިމް
Raajje

ވާދަވެރިކަމެއް ނެތި އެމްއެންޕީގެ ރައީސަކަށް ނާޒިމް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރައީސް ކަމުގެ މަގާމަށް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އިންތިހާބަކާ ނުލައި ހޮވިއްޖެ އެވެ. އެމްއެންޕީ އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް އެ ޕާޓީގެ ވަގުތީ އިންޓެރިމް ކައުންސިލްގެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިއްޔެގެ ނިޔަަލަށް ހަމަވެފައިވާއިރު، އެމްއެންޕީގެ ރައީސްގެ މަގާމަށް ކުރީގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ނާޒިމް ހޮވުނީ އެ މަގާމަށް އިތުރު ބޭފުޅެއް ކުރިމަތިލައްވ...

އެމްއެންޕީ އުފެއްދުމަށް ބާއްވާ ޖަލްސާ އަންނަ މަހު 8 ގައި
Raajje

އެމްއެންޕީ އުފެއްދުމަށް ބާއްވާ ޖަލްސާ އަންނަ މަހު 8 ގައި

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޟް އިސްވެ ތިއްބަވައިގެން އުފައްދަވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް، “ސިޔާސީ ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން” ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ)އިން ދީފިއެވެ. އެމްއެންޕީ މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީ ރަޖިސްޓްރީކުރުމަށް ހުށަހެޅުނު ފޯމްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ފަހު، “ސިޔާސީ ޕާޓީ އުފެއްދުމަށް ބާއްވާ...