ބާ އިމްތިހާނަށް ކަނޑައެޅި ފީ އެންމެ އިންސާފުވެރިއެއްނޫން: އެމްއެންޕީ
ރާއްޖޭގައި ބާއްވާ ފުރަތަމަ ބާ އެގްޒާމަށް ތައްޔާރުވެ، އެ އިމްތިހާނުގައި ބައިވެރިވާ ކޮންމެ މީހެއްގެ އަތުން ފީއަކަށް 10،000 ރުފިޔާ ނަގަން ބާ ކައުންސިލުން ނިންމި ނިންމުމަކީ އެންމެ އިންސާފުވެރި ނިންމުމެއް ނޫންކަމަށް، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ. މި އަހަރުގެ ޖޫން މަހު ބާ ކައުންސިލުން ބޭއްވުމަށް އިންތިޒާމު ކުރަމުންދާ ދިވެހިރާއްޖޭގެ ފުރަތަމަ ބާ އިމްތިޙާނު އޮންނާނީ 25 ޖޫން 2022 ވާ ހޮނިހިރު ދުވަހުއެވެ. އަދި ބާ އިމްތިޙާނުގެ ފީ ގެ […]