ސަރުކާރުތަކުން ނަގާ ދަރަނީގެ އިންޓްރެސްޓް އިންތިހާއަށް މައްޗަށް، ދުނިޔޭގެ ދަރަނި %100 ފަހަނައަޅާތީ އައިއެމްއެފްގެ ރަތް އިންޒާރެއް
ދުނިޔޭގެ އެކި ގައުމުތަކުގެ ސަރުކާރުތަކުން ދަރަނި ނެގުމަށް ކުރަންޖެހޭ ހޭދަ ބޮޑުވެ، މާލީ ފިއްތުންތައް އިންތިހާއަށް އިތުރުވަމުންދާ ކަމުގެ އިންޒާރު އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ދީފިއެވެ. އަދި 2030 ވަނަ އަހަރާ ހަމައަށް ދާއިރު މުޅި ދުނިޔޭގެ ޖުމްލަ ދަރަނި، ދުނިޔޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ނުވަތަ ޖީޑީޕީގެ 100 އިންސައްތައަށް ވުރެ މައްޗަށް އަރާނެ ކަމަށް ލަފާކުރެވޭތީ، ބަޖެޓުގެ ޑެފިސިޓް ކުޑަކުރުމަށް އިތުބާރު ހުރި ފިޔަވަޅުތަކެއް އެޅުމަށް ވެސް އެ ޖަމާއަތުން ވަނީ ބާރުއަޅައިފައެވެ....