''ތިލަފުށި ބަނދަރުގެ ފުރިހަމަ ކޮންޓްރޯލް އޮތީ ދިވެހި ސަރުކާރަށް، ވަކި ގައުމަކަށް އިސްކަމެއް ނުދެން''
ތިލަފުށީގައި ތަރައްގީކުރާ އިންޓަނޭޝަނަލް ބަނދަރުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށާއި، އެ ބަނދަރުގެ ތަރައްގީއާއި، މިލްކުވެރިކަމާއި، ހިންގުމުގެ ފުރިހަމަ ކޮންޓްރޯލް އޮތީ ދިވެހި ސަރުކާރުގެ އަތްމަތީގައި ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ދެވަލޮޕްމަންޓް އެންޑް ޓްރޭޑުން ބުނެފިއެވެ. އިކޮނޮމިކް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ ތިލަފުށީ އިންޓަނޭޝަނަލް ބަނދަރު ތަރައްގީކުރުމުގައި ދިވެހި ސަރުކާރުން ވަކި ބޭރުގެ ބައިވެރިއަކަށް އަނެއް ބައިވ...