ކާބުލް އެއަރޕޯޓް ސަރަހައްދުގައި ދިން ޙަމަލާ މިނިސްޓަރ ޝާހިދު ކުށްވެރިކުރައްވައިފި
އަފްޣާނިސްތާނުގެ ކާބުލްގެ އެއަރޕޯޓް ސަރަހައްދުގައި ދިން ޙަމަލާތަކުގައި ގިނަ ބަޔަކު މަރުވުމާ ގުޅިގެން، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަދި އދގެ އާއްމު މަޖިލީހުގެ އިންތިޚާބީ ރައީސް ޢަބްދުﷲ ޝާހިދު، އެހަމަލާތައް ކުށްވެރިކުރައްވައިފި އެވެ. މިޙަމަލާތަކުގައި މަރުވި މީހުންނަށް ހެޔޮ ދުއާކުރައްވައި، އާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ދަންނަވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ޝާހިދު ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް މުޅި ދުނިޔެ އެކަތިގަނޑެއްގެ ގޮތުގައި ތެދުވަން ޖެހޭކަމަށާއި، އަފްޣާން ރައްޔ...