ސްވިޑެންގައި ޤުރްއާން އަންދާލަން ހުއްދަދިން މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
ސްވިޑެންގެ ސިޔާސީ ހަރުކަށި މީހެއް ކަމަށްވާ ރަސްމޮސް ޕަލުޑެން މުސްހަފެއްގައި އަލިފާންރޯކޮށް އަންދާލައި، މާތްވެގެންވާ ކީރިތިޤުރްއާނަށް އިހާނެތިކޮށް ހިތި ހައްދުފަހަނައަޅާފައިވާ ޢަަމަލު ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ. ސްވިޑްންގެ ހައްދުފަހަނާ އަޅާފައިވާ ރަސްމޮސް ޕަލުޑެން މުސްހަފެއްގައި އަލިފާންރޯކޮށް އަންދާލާފައިވަނީ އެގައުމު ނޭޓޯއަށް ވެއްދުމަށް އިސްލާމީ ގައުމެއްކަމަށްވާ ތުރުކީން ހުރަސްއަޅާކަމަށް ބުނެ އެވެ. އޭނާގެ މި އަނިޔާވެރި ނަފުރަތުގެ އިންތިހާއިން ފުރިގެންވާ ޢަމަލު ހިންގާފައި ވަނީ ސްވިޑްންގ...