އިންޑިއާ ސިފައިން ބޭލުމަށްވި އެއްބަސްވުން ހާމަކުރަން ގޮވާލައި ކުއްލި މައްސަލައެއް
ކޮޕް28 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދުބާއީ އަށް ކުރެއްވި ދަތުރުފުޅުގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރައްވައި އިންޑިއާ ސިފައިން ބޭލުމަށްވި އެއްބަސްވުން ހާމަކުރަން ގޮވާލައި އެމްޑީޕީން ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފިއެވެ. އެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވީ މަޖިލިހުގެ ބާރަށު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އަބްދުﷲ އެވެ. ކުއްލި މައްސަލަ މަޖިލިހަށް ބަލައިގަނެ، އެ މައްސަލައިގެ ބަހުސް ވަނީ ފަށައި...