Skip to main content
Topic Archive

#ްއިބްރާހީމް މުހައްމަދު ސޯލިހު

56 Stories filed
ރައީސް މާފު ދެއްވުމުން އަދީބާއި ޒިޔަތު ސަލާމަތްވެއްޖެ
Raajje

ރައީސް މާފު ދެއްވުމުން އަދީބާއި ޒިޔަތު ސަލާމަތްވެއްޖެ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތާ ގުޅިގެން ހުކުމް ތަންފީޒު ކުރަމުންދާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބުދުލް ޣަފޫރާއި، އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިމް ޑިރެކްޓަރު އަބްދުﷲ ޒިޔަތު އަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މަޢާފު ދެއްވައިފިއެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އަދީބަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. ނަމަވެސް ދައުލަތާއެކު...

ވެރިކަން ބަދަލުވުމުގެ މަރުހަލާ އޮމާންކަމާ އެކު ދިޔައީ މިފަހަރު އެކަންޏެއްނޫން: މައުމޫން
Raajje

ވެރިކަން ބަދަލުވުމުގެ މަރުހަލާ އޮމާންކަމާ އެކު ދިޔައީ މިފަހަރު އެކަންޏެއްނޫން: މައުމޫން

1968 ގެ ފަހުން ރާއްޖޭގެ ވެރިކަން ހުރިހާ ފަހަރަކުވެސް ބަދަލުވަމުން އައިސްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިން އަމާންކަމާއި އެކުގައި ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ. ރައީސް މައުމޫން މިހެން ވިދާޅުވެފައި މިވަނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު ހެނދުނު ޤައުމާއި މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުޙަލާ ހިނގަމުން މިދަނީ ހަމައ...

ރައްޔިތުން ވެރިކަން ހަވާލުކުރިއިރު ގައުމު އޮތް ހާލަތަށް ހެޔޮ ބަދަލު ގެނެވިއްޖެ: ރައީސް
Raajje

ރައްޔިތުން ވެރިކަން ހަވާލުކުރިއިރު ގައުމު އޮތް ހާލަތަށް ހެޔޮ ބަދަލު ގެނެވިއްޖެ: ރައީސް

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާއި ހަވާލުވެވަޑައިގެންއިރު ޤައުމު އޮތް ބިރުވެރި ހާލަތަށް ދައުރު ނިންމާލާއިރު ހެޔޮ ބަދަލު ގެނެސްދެވިއްޖެ ކަމުގެ އިހްސާސް ކުރެއްވޭ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެންވިދާޅުވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މީގެ ފަސް އަހަރު ކުރިން ރާއްޖޭގެ ރައްޔިތުން އެމަނިކުފާނު ރައީސް...

''ގައުމީ މަސްލަހަތު އިސްކޮށް، އަޒުމަކަށް ހަދަންވީ މިނިވަންކަން ދެމެހެއްޓުމުގައި ސާބިތުވެ ތިބުމަށް''
Raajje

''ގައުމީ މަސްލަހަތު އިސްކޮށް، އަޒުމަކަށް ހަދަންވީ މިނިވަންކަން ދެމެހެއްޓުމުގައި ސާބިތުވެ ތިބުމަށް''

ނަސްރުގެ ދުވަހެއް ފާހަގަކުރާއިރު  ޢަޒުމަކަށް ހަދަންވީ މި ޤައުމުގެ ކަރާމަތާއި ދިވެހިންގެ މިނިވަންކަން ނަގަހައްޓައި ދެމެހެއްޓުމުގައި ސާބިތުވެ ތިބުމަށް ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. މިއަދު ފާހަގަ ކުރަމުން ދަނީ ރާއްޖޭގެ 36 ވަނަ ނަސްރުގެ ދުވަހެވެ. ރައީސްގެ މިއަދުގެ ޚިދުތާބުގައި ވިދާޅުވެފައި ވަނީ، ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު ބޭނުމަކީ، ޤައ...

ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ރައީސް ގޮވާލައްވައިފި
Raajje

ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ރައީސް ގޮވާލައްވައިފި

ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް، އިސްރާއީލުގެ އިސްތިޢުމާރީ ސިފައިން ހިންގާ ލާއިންސާނީ އަނިޔާވެރި ޢަމަލުތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް، އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި ލާއިންސާނީ އެންމެހައި ޢަމަލުތައް ތަޙުޤީޤުކޮށް، ފަލަސްޠީނުގެ ރައްޔިތުންނަށް އިންޞާފު ހޯދައިދިނުމަށް، އެންމެހައި ދިވެހިންގެ ނަމުގައި ބައިނަލްއަޤުވާމީ މުޖްތަމަޢަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ގޮވާލައްވައިފިއެވެ. ރައީސް މިގޮތައް ގޮވައިލެއްވީ ރާއްޖެ އިސްލ...

އިންތިހާބީ ރައީސްގެ އޮފީސް ގާއިމު ކޮށްފި
Raajje

އިންތިހާބީ ރައީސްގެ އޮފީސް ގާއިމު ކޮށްފި

ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް “އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް”، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގާއިމު ކުރައްވައިފިއެވެ. މިކަން ހާމަކުރައްވާފައި ވަނީ ރައީސް އޮފީހުން މިއަދު ނެރުއްވި 2023/10 ނަންބަރު ދެންނެވުމުގައެވެ. ވެރިކަން ބަދަލުވުމުގެ މަރުޙަލާއާ ބެހޭ ޤާނޫނު ގައި ވާގޮތުން “ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން” ގެ މަޤާމަށް، ސިވިލް ސަރވިސް ކޮމިޝަނުން ހަމަޖައްސައިފައި ވަނީ، ލ. ފޮނަދޫ، އަރާއިރު، ޢަބްދުއްރަޙީމް...

ރައީސް ސާލިހު ދެއްކެވި ޑިމޮކްރެސީގެ ރިވެތި ނަމޫނާ އަށް އިންތިހާބީ ރައީސްގެ ޝުކުރު
Raajje

ރައީސް ސާލިހު ދެއްކެވި ޑިމޮކްރެސީގެ ރިވެތި ނަމޫނާ އަށް އިންތިހާބީ ރައީސްގެ ޝުކުރު

ރާއްޖޭގެ ރިޔާސީ އިންތިހާބު ޕީއެންސީގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމުން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދެއްކެވި ޑިމޮކްރެސީގެ ރިވެތި ނަމޫނާ އަށް އިންތިހާބީ ރައީސް ޑރ. މުއިއްޒު ޝުކުރު އަދާކުރައްވައިފިއެވެ. ރައީސް ސާލިހަށް ފޮނުއްވެވި ސިޓީފުޅެއްގައި އިންތިހާބީ ރައީސް ވިދާޅުވެފައިވަނީ ސެޕްޓެމްބަރު 30، 2023 ގައި ބޭއްވި ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ކުރެއްވުމާއި ގުޅިގެން ދެއްކެވި ޑިމޮކްރެސީގެ ރިވެތި ނަމޫނާއަށްޓަކައި ނުހަނު އިހްލާސްތެރ...

އާ ސަރުކާރަށް އެމްޑީޕީން ފުރިހަމަ އެއްބާލުން ދޭނެ: ރައީސް
Raajje

އާ ސަރުކާރަށް އެމްޑީޕީން ފުރިހަމަ އެއްބާލުން ދޭނެ: ރައީސް

އިންތިހާބީ ރައީސް ޑރ. މުހައްމަދު އުއްފައްދަވާ އާ ސަރުކާރަށް އެމްޑީޕީން އެއްބާރުލުން ދޭނެ ކަމަށާއި، އިދިކޮޅު ޕާޓީއެއްގެ އެ ޕާޓިން އެމްޑީޕީން ރަނގަޅު މަސައްކަތްތަކެއް ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. މިދިޔަ ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ނާކާމިޔާބީ ފަހުން އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި، ރައީސް ވިދާޅުވީ، ޑރ. މުއިއްޒުގެ ސަރުކާރުގެ ކުރީކޮޅު، ސަރުކާރު އެކުލަވާލަން ކުރަން ޖެހޭ ކަންކަމުގައި އެމްޑީޕީގެ އެއްބާރުލުން ލިބޭނެ ކަމަށެވެ. […...

ރައީސް ވިދާޅުވަނީ ފޮޓޯ ނަގައި، ކޮލަމް ލިޔުއްވަން ބޭނުންފުޅުވާ ކަމަށް!
Raajje

ރައީސް ވިދާޅުވަނީ ފޮޓޯ ނަގައި، ކޮލަމް ލިޔުއްވަން ބޭނުންފުޅުވާ ކަމަށް!

ވެރިކަމުން ފައިބައި ވަޑައިގަތުމަށް ފަހު، ހުންނަވާނީ ވަރަށް ހުސްކޮށް ކަމަށާއި ހުސް ވަގުތުގައި ފޮޓޯ ނަގައި ކޮލަމް ލިޔުއްވަން ޝައުގުވެރިވެ ވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ ތަޖުރިބާގެ އާއި އެނގިވަޑައިގެން ހުންނެވި އެއްޗެއްގެ އަލީގައި ގައުމަށްޓަކައި ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންގެ...

Raajje

ގާނޫނީ ހުރަހެއް ނެތްނަމަ ނޮވެމްބަރު 11 ގައި އިންތިހާބީ ރައީސް ހުވާކުރެވޭނެ: ރައީސް

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގާނޫނީ ހުރަހެއް ނެތް ނަމަ، ނޮވެމްބަރު 11 ގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ނޮވެމްބަރު 11 އަކީ ތާރީހުގައި ރާއްޖޭގެ ވެރިކަން ބަދަލުވަމުން އައިސްފައިވާ ދުވަސް ކަމަށެވެ. އަނެއްކާވެސް އިޔާދަކުރައްވަން އެމަނިކުފާނު ބޭނުންފުޅުވާ ކަމަށް ވެސް ރަ...

ރާއްޖެ ދޫކޮށް ދާން ޖެހޭ އެއްވެސް ސަަބަބެއް ނެތް، ދިރިއުޅޭނީ ރާއްޖޭގައި: ރައީސް
Raajje

ރާއްޖެ ދޫކޮށް ދާން ޖެހޭ އެއްވެސް ސަަބަބެއް ނެތް، ދިރިއުޅޭނީ ރާއްޖޭގައި: ރައީސް

ރާއްޖެ ދޫކޮށް ދާން ޖެހޭ އެއްވެސް ސަަބަބެއް ނެތް ކަމަށާއި ދިރިއުޅުއްވާނީ ރާއްޖޭގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ދިރުއުޅުއްވާނީ އުފަން ރަށުގައާއި މާލޭގައި ކަމަށެވެ. އެހެންނަމަވެސް ރާއްޖެއިން ބޭރަށް މީހުން ދަތުުރުކުރާ ފަދައިން ބައެއް ފަހަރު ރާއްޖެއިން ބޭރަށް ދަތުރެއް ކޮށްލައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އިންތިހާބަށްފަހު އެމަނިކުފާނު ރާއްޖެ ދޫކުރަ...

އެމްޑީޕީ ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތުން މުހިންމު: ރައީސް
Raajje

އެމްޑީޕީ ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތުން މުހިންމު: ރައީސް

ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކާ އެމްޑީޕީ ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތުން މުހިންމު ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށްފަހު، ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ވެރިކަން ބަދަލުވެގެން ދިއުމާއެކު، އެމްޑީޕީ ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނާނެ ކަމަށެވެ. ރައީސް ވިދާޅުވީ މުހިންމީ އެމަނިކުފާނު ހުންނަ މަގާމެއް ނޫން ކަމަށާއި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް...

ރައީސާއި އިންތިހާބީ ރައީސް މުއިއްޒު ބައްދަލުކުރައްވައިފި
Raajje

ރައީސާއި އިންތިހާބީ ރައީސް މުއިއްޒު ބައްދަލުކުރައްވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އިންތިޚާބީ ރައީސް ޑރ. މުޢިއްޒު އާއި މިއަދު ބައްދަލު ކުރައްވައިފިއެވެ. އިއްޔެ އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އައު ދައުރަކަށް ރައީސް ކަމަށް ޑރ. މުޙައްމަދު އިންތިޚާބު ވެފައި ވަނީ ވޯޓުލީ މީހުންގެ 53.78 އިންސައްތަ ވޯޓު ހޯދައިގެންނެވެ. އެއީ، 126،499 ވޯޓެވެ. އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 46.22 އިންސައްތަ ވޯޓެވެ. އެއީ 108،735 ވޯޓެވެ. ރިޔާސީ އައު ދައުރަކަށް ހުވާކުރުން އޮންނާނީ އަންނަ ނޮވެމްބަރު […]

ރައީސް ވިދާޅުވަނީ ދެކުނުގެ ތިން އަތޮޅުގެ ނަތީޖާ އަނބުރާލެވޭނެ ކަމަށް
Raajje

ރައީސް ވިދާޅުވަނީ ދެކުނުގެ ތިން އަތޮޅުގެ ނަތީޖާ އަނބުރާލެވޭނެ ކަމަށް

ދެކުނުގެ ތިން ސިޓީ ކަމަށްވާ އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އާއި ގދ. ތިނަދޫ ސިޓީގެ ދަތުރުފުޅުން ފެނިވަޑައިގަތީ އިންތިހާބުގެ ނަތީޖާއަށް ވަރަށް ބޮޑު ބަދަލެއް އަންނަ ތަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ. އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް މިއަދު އައްޑޫ، ފުވައްމުލައް އަދި ތިނަދޫ އަށް ވަޑައިގަތެވެ. ރައީސް ވަނީ އައްޑޫ އާއި ފުވައްމުލަކުގެ ކެމްޕެއިން ޓީމުތަކާ ބައްދަލު ކުރައްވައިފައެވެ. އަދި ތިނަދޫން […]

އަޒުމް ކަނޑައަޅަންވީ އުޅުންތަކާއި ގުޅުންތައް އިސްލާހު ކުރަން: ރައީސް
Raajje

އަޒުމް ކަނޑައަޅަންވީ އުޅުންތަކާއި ގުޅުންތައް އިސްލާހު ކުރަން: ރައީސް

ކީރިތި ރަސޫލާގެ އީދު މީލާދު ފާހަގަ ކުރާއިރު، އަޒުމް ކަނޑައަޅަންވީ އިތުރު އެކަލޭގެފާނުގެ މާތް ސީރަތުން ލިބިދޭ ފިލާވަޅުތަކުން، އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް އިސްލާހް ކުރުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ. ކީރިތި ރަސޫލާގެ އީދު މީލާދުގެ މުނާސަބާގައި އެމަނިކުފާނު މިއަދު ފޮނުއްވި ހިތޯބުގައި ރައީސް ވިދާޅުވީ މާތް ނަބިއްޔާގެ އީދު މީލާދު ފާހަގަ ކުރާ މުނާސަބަތުގައި ދިވެހިން ގަދައަޅައި މަސައްކަތް ކުރަންވީ އެކަލޭގެފާނުގެ ސީރަތުން އިންސާނިއްޔަތަށް އަލިކޮށްދިން ފަދ...