އަންހެނުންގެ ކޮމެޓީތަކުގެ ބަޖެޓު ދެގުނަ ބޮޑުކޮށް ރޯދަ އިނާޔަތް ކައުންސިލް ބަޖެޓުން ދެނީ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) ތަކުގެ ބަޖެޓު ދެގުނަ ބޮޑުކޮށް، ރޯދަ އިނާޔަތް ކައުންސިލް ބަޖެޓުން ދިނުމަށް އެ ބަދަލުތައް ގެނައުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު މިރޭ ޢިއުލާންކުރައްވައިފިއެވެ. ރައީސް މިރޭ އެ މަނިކުފާނުގެ މީސްމީޑިއާ އެކައުންޓުގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށް ވިދާޅުވީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އިތުރަށް ބާރުވެރި ކުރުވުމަށްޓަކައި، ދެ ބަދަލެއް ގެނައުމަށް ނިންމަވާފައިވާ ކަމަށެވެ. މިގޮތުން ފުރަތަމަ ބަދަލަކީ، އަންހެ...