އިސްރާއީލުން ޣާޒާގައި ހިންގާ ޖަރީމާތަކާއި ގުޅިގެން އިނގިރޭސިވިލާތުން ފިޔަވަޅު އަޅަން ފަށައިފި
އިނގިރޭސިވިލާތުން، އިސްރާއީލާއެކު ވިޔަފާރީގެ އެއްބަސްވުމަކަށް ވާހަކަ ދެއްކުން ހުއްޓާލައި، އެ ޤައުމުގެ ސަފީރު ހާޒިރުކޮށް، އަދި ހުޅަނގު އައްސޭރީގައި ދިރިއުޅޭ ޔަހޫދީ ވަޒަންވެރިންނާ ދެކޮޅަށް އިތުރު ފިޔަވަޅުތަކެއް އަޅައިފިއެވެ. މި ފިޔަވަޅުތައް އެޅީ އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ ގާޒާގައި ހިންގާ ހަނގުރާމަވެރި ޢަމަލުތައް “އަޚްލާޤީ ގޮތުން ޖާއިޒުނުވާ” ކަމެއްގެ ގޮތުގައި ސިފަކުރުމަށްފަހުގައެވެ. މި ފިޔަވަޅުތައް އަޅާފައިވަނީ، އިސްރާއީލުން ހަފްތާ ބަންދުގައި އާ ހަނގުރާމަވެރި ޢަމަލުތަކެއް ފެށުމާ ގުޅިގެ...