މުއިއްޒު ކުރިމަތިލައްވަނީ މައްޗަންގޮޅި އުތުރު ދާއިރާ އަށް
އަންނަ 2024 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާލޭގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރުކަމަށް ކުރިމަތިލައްވަން ނިމަވާފައިވާކަން ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަހްމަދު މުއިއްޒު މިއަދު ޢިއުލާން ކުރައްވައިފިއެވެ. މުއިއްޒު މިއަދު ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި މިކަން އިއުލާން ކުރައްވައި، މައްޗަންގޮޅި އުތުރު ދާއިރާގެ އެންމެހައި ރައްޔިތުންގެ ތާއީދާއި އެއްބާރުލުމަށް ވަނީ އެދިވަޑައިގެންފައެވެ. އަންނައަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާކަން ހާމަކުރައްވާފައިވާ...