ހަތިމު އޮތީ ކައުންސިލްގެ ބެލުމުގެ ދަށުގައި
ހއ. އިހަވަންދޫ ހިރިގަލު މިސްކިތުގައި އޮތް އަތު ލިޔުމުން ލިޔެފައިވާ ހަތިމު އޮތީ އިހަވަންދޫ ކައުންސިލްގެ ބެލުމުގެ ދަށުގައި ކައުންސިލް އިދާރާކަމަށް އެކައުންސިލުން ވިދާޅުވެއްޖެއެވެ. އެ ހަތިމު ކުރިން އޮތީ އިހަވަންދޫގައި ހުންނަ އާސާރީ މިސްކިތެއް ކަމަށްވާ ހިރިގަލު މިސްކިތުގައެވެ. ނަމަވެސް އިއްޔެ އިންފެށިގެން އެ މިސްކިތުގައި އެ ހަތިމު ނެތްކަމުގެ މައުލޫމާތު ލިބުމުން ”ތިލަދުން” އިން ކުރި ސުވާލެއްގެ ޖަވާބުގައި އިހަވަންދޫ ކައުންސިލުން ވިދާޅުވީ، އެ ހަތިމު މިހާރު އޮތީ ކައުންސިލް އިދާރާގައި ކަމަށެވެ. ”މިވަގުތަ...