ނައިބު ރައީސް ފައިސަލް އާއި ވެރިކަން ހަވާލުކުރަން ވައްޑޭ ގޮވާލައްވައިފި
ވެރިކަމުގެ ބާކީ ދުވަސްތަކުގައި ވެރިކަން ކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމާއި ހަވާލުކުރުމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) މިއަދު ގޮވާލައްވައިފިއެވެ. ދަ ޑިމޮކްރެޓްސްގެ މެންބަރު ވައްޑެ މިހެން ގޮވާލެއްވީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މަޖިލިސް މެންބަރުން މިއަދު މަޖިލިސް ޖަލްސާ ކުރިއަށް ގެންދިޔަ ނުދީ ހުރަސް އަޅުއްވާފައި ވަނިކޮށް ”އެކްސް”ގައި ލިޔުއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ވައްޑޭ ވިދާޅުވީ، ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ނޫނެކޭ ބުނުމުން ދަ...