ކައުންސިލްގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ޖެހޭ: ސީއެސްސީ ނައިބު ރައީސް
ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމުގެ ކުރިން ކައުންސިލް އިދާރާތަކުގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ޖެހޭ ކަމުގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ނައިބު ރައީސް އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ. އިބްރާހިމް ރަޝީދު އެގޮތަށް ވިދާޅުވެފައިވަނީ ކައުންސިލްތަކުގެ ރައީސް ހިމެނިވަޑައިގަންނަވާ ގޮތަށް ކައުންސިލް މެމްބަރުންގެ މުސާރަ ބޮޑު ކުރަން ރައްޔިތުންގެ މަޖިލިހުގެ ލާމަރުކަޒީ ކޮމިޓީން ލަފާ ދީފައި ވަނިކޮށެވެ. ލާމަރުކަޒީ ކޮމިޓީން ބަޖެޓު ކޮމިޓީ އަށް ލަފާ ދީފައި ވަނީ ކައުންސިލ...