މުއިއްޒު އެންމެ ފުރަތަމަ ބައްދަލުކުރެއްވި ބޭރުގެ ސަފީރަކަށް އިނގިރޭސި ސަފީރު
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލާއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިއީ މަގާމަށް އިންތިހާބުވުމަށް ފަހު މުއިއްޒު ބައްދަލު ކުރެއްވި ފުރަތަމަ ބޭރުގެ ސަފީރެވެ. އެ ބައްދަލުވުން އޮތީ މުއިއްޒުގެ އަމިއްލަ ގެ މ. ދިމްޔާތުގައެވެ. އެ ބައްދަލުވުމުގައި މުއިއްޒުގެ އަރިހުގައި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމުގައި، އިނގިރޭސި ވިލާތުގެ ސަފީރު ކެރޮން ރޮސް...