ނަހުލާ ފޯމު ހުށަހަޅުއްވައިފި
އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު، ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އާއިޝަތު ނަހުލާ، އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ފޯމު ހުށަހަޅުއްވައިފިއެވެ. ނަހުލާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަންނަ 20 ވަނަ މަޖިލީހުގެ އިންތިޚާބުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވާފައިކަން ވަނީ ހާމަކުރައްވާފައެވެ. މީގެ އިތުރުން އޭނާގެ ކެންޑިޑެންސީ އީސީން ޤަބޫލުކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. ”އިލެކްޝަން ކޮމިޝަނަށް ފޯމު ހު...