މުދަލާއި ޚިދުމަތުގެ ޓެކްސް ގާނޫނަށް ގެންނަނީ ގައުމަށް އެންމެ ފައިދާހުރި އިސްލާހުތައް: ނަސީރު
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކަކީ މި ގައުމަށް ގެނެވޭނެ އެންމެ ރަނގަޅު އަދި އެންމެ ފައިދާހުރި ބަދަލުތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު ނަސީރު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީ ހުށަހަޅުއްވާފައިވާ، ގާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) އަށް އިސްލާހު ގެނައުމުގެ ބިލުގެ...