ކުޑަގިރިއަށް ދާ ފަރާތްތަކުން އެކަކު އަނެކަކަށް އިހްތިރާމްކުރުމަށް ރައީސް އެދިވަޑައިގެންފި
ކުޑަގިރިއަށް ދާ ފަރާތްތަކުން އެކަކު އަނެކަކަށް އިހްތިރާމްކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ތަރައްގީ ކުރި ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވަނީ މި ރަށަކީ އެންމެންނަށް ހިތްފަސޭހަކަމާ އެކީގައި، ހަމަޖެހިގެން ޗުއްޓީ ހޭދަކޮށްލެވޭ ރަށެއްގެ ގޮތުގައި ބެލެހެއްޓުމަށް ވެސް އެދިވަޑައިގެންފައެވެ. “މި ރަށުގެ ސެކ...