ރާއްޖެ-ކެމްބޯޑިއާ: ގުޅުން ބަދަހިކުރުމާބެހޭ 6 އެއްބަސްވުމެއް
ރާއްޖެއާއި ކެމްބޯޑިއާއާއި ދެ ޤައުމުގެ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ 6 އެއްބަސްވުމެއް މިއަދު ބަދަލުކޮށްފިއެވެ. ދެ ޤައުމުގެ ދެމެދުގައި މި އެއްބަސްވުންތައް ބަދަލުކޮށްފައި ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދުއެވެ. މި އެއްބަސްވުންތައް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއ...