ކުމުންދޫ ސިއްހީ މަރުކަޒުގެ ރަސްމީ ލޯގޯ އިފްތިތާހްކޮށްފި
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ސިއްހީ މަރުކަޒުގެ ރަސްމީ ލޯގޯއާއި އެކްޓިވިޓީ ޔުނީފޯމް އިފްތިތާހް ކޮށްފިއެވެ. ލޯގޯއާއި އެކްޓިވިޓީ ޔުނޯފޯމް އިފްތިތާހް ކުރުމަށް އިއްޔެބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި، ލޯގޯއާއި ޔުނީފޯމް ރަސްމީކޮށް ލޯންޗްކޮށްދެއްވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޗީފް އެގްޒެކްޓިވް އޮފިސަރ ނާޒިމާ އަލީއެވެ. ލޯގޯގައި ހިމެނޭ މައިގަނޑު ތިންބަޔަށް ބަލައިލާއިރު، ލޯގޯ އެންމެ މަތީބައިގައިވާ ފެހި ކުލައަކީ އެ ސިއްހީ މަރުކަޒުގެ ރަސްމީ ކުލައެވެ. ލޯގޯގަ މީހަކާއިއެކު ވާ އަތްތިލައިން...