ށ. އަތޮޅު ކޯވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހަކު ނިޔާވެއްޖެ
ށ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި ފަރުވާ ދެމުންދިޔަ ކޯވިޑް ބަލީގެ މީހެއް ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވިގޮތުގައި ނިޔާވެފައި ވަނީ އުމުރުން 80 އަހަރުގެ ދިވެއްސެކެވެ. އޭނާ ނިޔާވީ މިއަދު މެންދުރުފަހު 2:30 ގައެވެ. މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 231 ވަނަ މީހާއެވެ. ކޯވިޑް ބަލީގައި އިއްޔެވެސް ވަނީ ރާއްޖެއިން މީހަކު ނިޔާވެފައެވެ. އެއީ 46 އަހަރުގެ ދިވެހި އަންހެނެކެވެ. އެއީ […]