މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ބޭފުޅުންގެ ކެންޑިޑޭޓު ނަންބަރު ތަރުތީބުކޮށްފި
މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަކުރައްވާ ބޭފުޅުންގެ ކެންޑިޑޭޓު ނަންބަރު މިއަދު ތަރުތީބުކޮށްފިއެވެ. މާލޭގެ މޭޔަރު ކަމުގެ ގޮނޑި އަށް ފަސް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ބޮޑެތި ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުން ހިމެނިވަޑައިގަންނަވައެވެ. މާލޭގެ މޭޔަރު ކަމުގެ އިތުރުން ސިޓީ ކައުންސިލުން ހުސްވެފައިވާ ތިން ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ވެސް ވަނީ ތަރުތީބުކޮށްފައެވެ. ސިޓީ ކައުންސިލުން ދެން ހުސްވެފައިވާ ތިން ދާއިރާއަކީ މެދުހެންވޭރާއި ހެންވޭރު ދ...