Skip to main content
Topic Archive

#ކުޅުދުއްފުށީ ސިޓީ ކައުންސިލް

372 Stories filed
ކުޅުދުއްފުށީ "މަލަފެހި" ނާސަރީ ޤާއިމް ކުރުމުގެ މަސައްކަތް ނިންމާލައިފި
Thiladhunmathi News

ކުޅުދުއްފުށީ "މަލަފެހި" ނާސަރީ ޤާއިމް ކުރުމުގެ މަސައްކަތް ނިންމާލައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ގަސް އިންދާ ނާސަރީ، (މަލަފެހި ނާސަރީ) ޤާއިމް ކުރުމުގެ މަސައްކަތް ނިންމާލަައިފިއެވެ. “ފިނިފެހި ސިޓީ” މި މަޝްރޫޢުގެ ދަށުން ދިވެހި ރެޑްކްރެސެންޓް އާއި ސިޓީ ކައުންސިލުން ގުޅިގެން މި ނާސަރީ ޤާއިމް ކޮށްފައިވަނީ ނޮދަން އޮފީސް ކޮމްޕްލެކްސްގެ ގޯތިތެރޭގައެވެ. މި ނާސަރީގެ މައިގަނޑު މަޤުސަދަކީ ރަށުގެ ތިމާވެށިގެ ހާލަތު ރަނގަޅުކޮށް، ގްރިންޒޯނާއި އާންމު ތަންތަނަށް ބޭނުންވާހެން އެކި އެކި ގަސް އުފައްދައި، ރަށް ޒީނަތްތެރިކުރުމާއި ރަށުން ނެތެމުންދާ ގަސްތައް އަލުން އާލާކޮށް، އަމިއްލަ...

ކުޅުދުއްފުށީ ނޫރު މިސްކިތު ކައިރީ ތަރައްޤީ ކުރި ޕާކިންޒޯން ހުޅުވައިފި
Thiladhunmathi News

ކުޅުދުއްފުށީ ނޫރު މިސްކިތު ކައިރީ ތަރައްޤީ ކުރި ޕާކިންޒޯން ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ރަށުގެ ނޫރު މިސްކިތުގެ އިރުމަތީގައި ތަރައްޤީ ކުރި އައު ޕާކިންޒޯން ހުޅުވައިފިއެވެ. ކުޅުދުއްފުށީ ޓްރެފިކް މައްސަލަތަކަށް ހައްލެއް ގެނެސް މިސްކިތަށް އަންނަ ފަރާތްތަކަށް ފަސޭޭހަކަމާއެކު ޕާކު ކޮށް، މަގުގައި ހިނގާބިގާވާ މީހުންނަށާއި އެއްގަމު އުޅަނދުފަހަރު ދުއްވުމަށް ފަސޭހަ ގޮތްތަކެއް ހޯދުމަށް ގާއިމް ކުރި މި ޕާކިންޒޯނަކީ، ޖާގައިގެ ދަތިކަމެއް ނުވާނެހެން ވަރަށް ފުޅާކޮށް ހަދާފައިވާ ޕާކިންޒޯނެކެވެ. ޕާކިންޒޯން ބިނާކުރުމަށްޓަކައި ކައުންސިލުން ވަނީ ނޫރު މިސްކިތުގެ އިރުމަތިން އިނ...

ކުޅުދުއްފުށީގައި މަދިރި ކޮންޓްރޯލް ކުރުމަށް މަދިރި އުފެދޭ ތަންތަނަށް ބޭސް އަޅައިފި
Raajje

ކުޅުދުއްފުށީގައި މަދިރި ކޮންޓްރޯލް ކުރުމަށް މަދިރި އުފެދޭ ތަންތަނަށް ބޭސް އަޅައިފި

ކުޅުދުއްފުށީގައި މިދުވަސްކޮޅު މަދިރީގެ އުނދަގޫ ރައްޔިތުންނަށް ބޮޑުވެފައިވާތީ މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިސްނަގައިގެން ރަށުގެ ހުރިހާ ކާނުތަކަށާއި، މަދިރި އުފެދޭގޮތަށް ހުރި ތަންތަނަށް މަދިރި ބޭސް އަޅައިފިއެވެ. ރަށުގެ ހުރިހާ ތާރު މަގެއްގެ ކާނުތަކަށް ބޭސް އަޅާާފައިވާއިރު، ރަށުގެ އޮޑި އެހެލާ ސަރަހައްދާއި ރަށުގެ އިރުމަތި ފަރާތު ބޮނބި އޮޅަށް ވެސް ވަނީ ބޭސް އަޅާފައެވެ. މަދިރި ފަނި އިތުރަށް އާލާވިޔަ ނުދީ، މަދިރި އަށް ބަދަލުވުމުގެ ކުރިން […]

ކުޅުދުއްފުށީގައި އިމާމުވެ ތަރާވީސް ކުރާނީ ޒުވާން ޚަތީބުން
Thiladhunmathi News

ކުޅުދުއްފުށީގައި އިމާމުވެ ތަރާވީސް ކުރާނީ ޒުވާން ޚަތީބުން

މި އަހަރު ރަމަޟާން މަހު ކުޅުދުއްފުށީ ސިޓީގައި އިމާމުވެ ތަރާވީސް ކުރަން ހަމަޖެހިފައިވަނީ ކުޅުދުއްފުށްޓަށް ނިސްބަތްވާ ޒުވާން ޚަތީބުން ކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ. ކައުންސިލުން ނެރުނު އިއުލާނުގައި ވާ ގޮތުން ހަސަނާތު މިސްކިތުގައި ތަރާވީސް ކުރަން އިބްރާހިމް މަލްސޫންް ހަމަޖެހިފައި ވާ އިރު، މުޙައްމަދު މިސްކިތުގައި ތަރާވީސް ކުރަނީ މުޙައްމަދު އާދަމް އާއި މުޙައްމަދު ފާއިޤު ޙުސެއިން ފަހުމީ އެވެ. އެގޮތުން އިމާމުވެ ނަމާދު ކުރާ ތިން ކުދިންގެ ތެރެއިން ނަމާދު ކުރަން ހަމަ ޖެހިފައިވާ […]

ހދ.އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް އިތުރު މަސައްކަތް ކޮށްދިނުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެދިއްޖެ
Thiladhunmathi News

ހދ.އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް އިތުރު މަސައްކަތް ކޮށްދިނުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެދިއްޖެ

ހދ އަތޮޅު ގައި ފަތުރުވެރިކަން ތަރައްގީކުރުމަށް އިތުރު މަސައްކަތް ކޮށްދިނުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ފަތުރުވެރިކަމާ ބެހޭ ވަޒީރު ތޯރިޤް އިބަރާހީމްގެ އަރިހުން އެދިއްޖެއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިގޮތަށް އެދުނީ ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތޯރިގް މި ދިޔަ ހަފުތާގައި ކުޅުދުއްފުއްޓަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ކައުންސިލާއެކެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުވުމުގައި، ވުޒާރައިގެ މެންޑޭޓުގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން ކުޅުދުއްފުއްޓާއި އަތޮޅުގައި ހުރި އެ...

ކުޅުދުއްފުށީގެ މަގުތަކުގައި ހުއްދައާއިއެކު އިންދާފައިވާ ގަސްތަކަށް ގެއްލުންދޭނަމަ ފިޔަވަޅު އަޅާނަން: ސިޓީ ކައުންސިލް
Thiladhunmathi News

ކުޅުދުއްފުށީގެ މަގުތަކުގައި ހުއްދައާއިއެކު އިންދާފައިވާ ގަސްތަކަށް ގެއްލުންދޭނަމަ ފިޔަވަޅު އަޅާނަން: ސިޓީ ކައުންސިލް

ކުޅުދުއްފުށީ ސިޓީގެ މަގުތަކުގެ ގްރީންޒޯން އާއި ޓްރީޕިޓް ތަކުގައި އިންދާފައިވާ ގަސްތަކަށް ގެއްލުން ލިބިދާނެ އެއްވެސް ޢަމަލެއް ނުކުރުމަށް ކުޅުދުއްފުށީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ ކުޅުދުއްފުށީ ސިޓީގެ މަގުތަކުގެ ގްރީންޒޯން އާއި ޓްރީޕިޓް ތަކުގައި އިންދާފައިވާ ގަސްތަކަށް ގެއްލުންދެމުންދާކަން އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. މިގޮތުން ސިޓީ ކައުންސިލުން ބުނީ، ކުޅުދުއްފުށި ސިޓީއަކީ ފެހި ސާފު އަދި ހިތްފަސޭހަ ސިޓީއަކަށް ހެދުމުގެ ގޮތުން އެ ކައުންސިލާއ...

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރީ މުވައްޒަފުންނަށް ތަމްރީން ސެޝަން
Thiladhunmathi News

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރީ މުވައްޒަފުންނަށް ތަމްރީން ސެޝަން

ކުޅުދުއްފުށީ ސިޓީ ކައުުންސިލުން ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، މުވައްޒަފުންގެ މަސައްކަތުގެ ހުނަރުތައް އިތުރަށް ތަރައްގީކޮށް ފުޅާ ކުރުމަށް ތަމްރީން ސެޝަން އެއް ބާއްވައިފިއެވެ. މި ސެޝަންގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރީ މުވައްޒަފުން ބައިވެރިވެފައި ވާއިރު، މައިގަނޑު ކަމަކަށް ޖީޕީޓީ މޮޑެލް ތަކާއި، އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ ” އޭއައި ” އަދި އަދުގެ ވަސީލަތްތައް ބޭނުން ކޮށްގެން މަސައްކަތް ކުރުމަށް ދަސްކޮށްދީފައިވެއެވެ. އޮކްސިކާގެ ގަވަރމެންޓް އެންޑް އިންޓަ...

ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ ބީޗް ހޭންޑްބޯލް މުބާރާތް ކުޅުދުއްފުށީގައި ބާއްވަން މަސައްކަތްކުރަނީ
Thiladhunmathi News

ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ ބީޗް ހޭންޑްބޯލް މުބާރާތް ކުޅުދުއްފުށީގައި ބާއްވަން މަސައްކަތްކުރަނީ

ދިވެހިރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ ބީޗް ހޭންޑްބޯލް މުބާރާތް ކުޅުދުއްފުށީގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގައި ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނެފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ހޭންޑްބޯލް މޯލްޑިވްސް ގުޅިގެން ކުޅުދުއްފުށީގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަނީ “ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޗެލެންޖް 2025” އެވެ. މި މުބާރާތް ކުޅުދުއްފުށީގައި ހޯސްޓް ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އޭޝިއަން ހޭންޑްބޯލް ފެޑެރޭޝަންގެ ޖެނެރަލް ސެކްރެޓަރީއާއި ހޭންބޯލް...

ކުޅުދުއްފުށީ ތިން ސްކޫލެއްގެ ދަރިވަރުންނަށް މަސްވެރިކަމުގެ ކެރިއަގައިޑެންސް ސެޝަނެއް
Thiladhunmathi News

ކުޅުދުއްފުށީ ތިން ސްކޫލެއްގެ ދަރިވަރުންނަށް މަސްވެރިކަމުގެ ކެރިއަގައިޑެންސް ސެޝަނެއް

ކުޅުދުއްފުށީގެ ތިން ސްކޫލެއްގެ ދަރިވަރިވަރުންނަށް މަސްވެރިކަމުގެ ދާއިރާއާއި ގުޅޭ ކެރިއަރ ގައިޑެންސް ސެޝަން ކުރިއަށް ގެންގޮސްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދިޔަ މި ސެޝަންގައި، ޖަލާލުއްދީން ސްކޫލާއި އަފީފުއްދީން ސްކޫލުގެ އިތުރުން އޭއީސީގެ ސާނަވީ އަދި މަތީ ސާނަވީ ގްރޭޑްތަކުގައި ކިޔަވާ ޖުމްލަ 56 ދަރިވަރަކު ބައިވެރިވެ ވަނީ ސެޝަން ފުރިހަމަ ކޮށްފައެވެ. މި މަހު ހަތަރުވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަން ކުރިއަށް ގެންގޮސްފައި ވަނީ […]

ކުޅުދުއްފުށީގައި ދެވަނަ ސްވިމިން ޓްރެކް އަޅަން ބޭނުންވާ ސާމާނު ފޯރުކޮށްދީފި
Raajje

ކުޅުދުއްފުށީގައި ދެވަނަ ސްވިމިން ޓްރެކް އަޅަން ބޭނުންވާ ސާމާނު ފޯރުކޮށްދީފި

ކުޅުދުއްފުށި ސިޓީގައި ދެވަނަ ސްވިމިން ޓްރެކެއް އަޅަން ބޭނުންވާ ސާމާނު ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން ފޯރުކޮށްދީފިއެވެ. ސްވިމިން ޓްރެކް އެޅުމަށް ބޭނުންވާ ސާމާނު ކުޅުދުއްފުއްޓަށް ގެނައުމާ ގުޅިގެން ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު ނަވާޒް އަސަދު ވިދާޅުވީ، ސްވިމިން ޓްރެކް އަޅަން ބޭނުންވާ ސާމާނު ސިޓީ ކައުންސިލާއި ހަވާލުކުރެވިފައިވާ ކަމަށާއި މިކަން ވުޖޫދަށް ގެނައުމުގައި އެހީތެރިކަން ދެއްވާފައިވާތީ ރައީސުލްޖުމްހޫރިއްޔާއަށާއި، މިނިސްޓަރަށާއި ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑި...

ކުޅުދުއްފުށީގެ "މަލަފެހި" ނާސަރީ ރަސްމީކޮށް ހުޅުވައިފި
Thiladhunmathi News

ކުޅުދުއްފުށީގެ "މަލަފެހި" ނާސަރީ ރަސްމީކޮށް ހުޅުވައިފި

ކުޅުދުއްފުށި ސިޓީގެ “ފިނިފެހި ސިޓީ” މަޝްރޫޢުގެ ދަށުން ގާއިމުކުރި “މަލަފެހި” ނާސަރީ އިއްޔެ ހުޅުވައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި މިތަނަކީ އެ ކައުންސިލްގެ “ފިނިފެހި ސިޓީ” މަޝްރޫޢުގެ ދަށުން ދިވެހި ރެޑްކްރެސެންޓް އާއި ގުޅިގެން ތަރައްގީކޮށްފައިވާ ތަނެކެވެ. މި ނާސަރީ ގާއިމުކޮށްފައި ވަނީ ކުޅުދުއްފުށި ސިޓީގެ ނޮދަން އޮފީސް ކޮމްޕްލެކްސްގެ ގޯތިތެރޭގައެވެ. މި ނާސަރީ ހުޅުއްވައިދެއްވީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިިފް އާއި ދިވެހި ރެޑްކްރެސެންޓްގެ ކުޅުދުއްފުށީ ގޮފީގެ މެނޭޖަރު...

ކުޅުދުއްފުށި ސިޓީއާއި ގުޅޭ ފޮތެއް ލިޔުމުގެ މަސައްކަތް ފަށައިފި
Thiladhunmathi News

ކުޅުދުއްފުށި ސިޓީއާއި ގުޅޭ ފޮތެއް ލިޔުމުގެ މަސައްކަތް ފަށައިފި

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި ސިޓީއާއި ގުޅޭ ފޮތެއް ލިޔުމުގެ މަސައްކަތް ކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ އެ ރަށާއި ގުޅޭގޮތުން ފޮތެއް ލިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ޖޯގްރަފީއާއި ތާރީހާއި ސަގާފަތާއި އިގްތިސާދުގެ އިތުރުން އިޖުތިމާއީ ދިރިއުޅުމާއި ގުޅުންހުރި މައުލޫމާތުގެ މައްޗަށް ފޮތެއް އެކުލަވާލުން ކަމަށެވެ. މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ ރޯޔަލް ހެރިޓޭޖް ޕްރައިވެޓް ލިމިޓެޑާއެވެ. މަސައްކަތުގެ އަގަކީ 100000 (އެއްލައްކަ ރުފިޔ...

ކުޅުދުއްފުށީގައި ދީނީ ސުވާލު މުބާރާތެއް
Thiladhunmathi News

ކުޅުދުއްފުށީގައި ދީނީ ސުވާލު މުބާރާތެއް

ހދ.ކުޅުދުއްފުށީގައި ދީނީ ސުވާލު މުބާރާތެއް ރާވާ ހިންގައިދޭނެ ފަރާތެއް ހޯދުމަށް، ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ. “ދީނީ ސުވާލު މުބާރާތް 1446” ގެ ނަމުގައި ކުރިއަށް ގެންދާ މި މުބާރާތަކީ ކުޅުދުއްފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމްކޮށް ހިންގާ މުބާރާތެކެވެ. މި މަސައްކަތަށް ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓަރީވުމަށް ފުރިހަމަ ކުރަންޖެހޭ އޮންލައިން ފޯމް ފުރިހަމަ ކުރުމަށް ފަހު މި މަހުގެ 27 ވަނަ ދުވަހުގެ 10:30 ގެ ކުރިން […]

ކުޅުދުއްފުށީގައި ޔޫތު މެންޓަލް ހެލްތު ސެންޓަރެއް އަޅަން ހަވާލުކޮށްފި
Thiladhunmathi News

ކުޅުދުއްފުށީގައި ޔޫތު މެންޓަލް ހެލްތު ސެންޓަރެއް އަޅަން ހަވާލުކޮށްފި

ކުޅުދުއްފުށީ ނޮލެޖް ސެންޓަރގައި ޔޫތު މެންޓަލް ހެލްތު ސެންޓަރއެއް ތަރައްޤީކުރުމަށް އިއްޔެ ހަވާލުކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ގިބްސް ލޮޖިސްޓިކްސް ޕްރައިވެޓް ލިމެޓެޑު އާއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި، މި މަސައްކަތުގެ ތެރެއިން ނޮލެޖް ސެންޓަރ އިމާރާތުގެ އެ ސަރަހައްދު ރިނޮވޭޓް ކުރުމާއިއެކު ދެ ކޮންސަލްޓޭޝަން ރޫމާއި، ފާހާނާ އަދި ލޮބީ އޭރިއާ ތަރައްޤީކޮށް ފަރުނީޗަރ ލައި ފުރިހަމަކުރެވޭނެ ކަމަށެވެ. ގިބްސް ލޮޖިސްޓިކްސް އާއި މި މަސައްކަތް ހަވާ...

ކުޅުދުއްފުށީ ކުޅީގައި ގުޑުގުޑާ ދޫނި ތިބޭއިރު ކެނޯ ދުއްވުން މަނާ
Raajje

ކުޅުދުއްފުށީ ކުޅީގައި ގުޑުގުޑާ ދޫނި ތިބޭއިރު ކެނޯ ދުއްވުން މަނާ

ކުޅުދުއްފުށި ސިޓީގައި އޮންނަ ހިތްގައިމު މަށިކުޅިއަށް ފްލެމިންގޯ ޒިޔާރަތްކުރަން ފަށާފައިވާއިރު، ގުޑުގުޑާ ދޫނި ކުޅުދުއްފުށީ ކުޅީގައި ތިބޭ މުއްދަތުގައި ކުޅީގައި ކެނޯ ދުއްވުމަކީ މަނާކަމެއްކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފިއެވެ. ސިޓީ ކައުންސިލުން މި ނިންމުން ނިންމާފައިވަނީ ދޫނިތަކަށް އަމާން މާޙައުލެއް ޤާއިމުކޮށްދިނުމަށްޓަކައެވެ. 2021 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އިރުވާ މޫސުމުގައި ކުޅުދުއްފުށީ ކުޅިއަށް ޒިޔާރަތްކުރަމުންދާ ގުޑުގުޑާ ދޫނިތަކުން ރަށަށް އުފާވެރިކަމާއި އިތުރު ދިރުމެއް ގ...