އުމަރު ޒާހިރުގެ ހަށިކޮޅު ފަސްދާނުލައިފި
ޤައުމީ ޚިދުމަތްތެރިޔާ، ކުރީގެ މިނިސްޓަރު، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރުގެ ހަށިކޮޅު ރަސްމީ އިއްޒަތުގައި މިރޭ ފަސްދާނުލައިފި އެވެ. އުމަރުޒާހިރު އަވަހާރަވީ ކޯވިޑްގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ހޮސްޕިޓަލް ދަރުމަވަންތަ ހޮސްޕިޓަލްގައި މިއަދު މެންދުރުފަހު 14:02 ގައެވެ. އެމަނިކުފާނުގެ ހަށިކޮޅު ފަސްދާނުލީ މިރޭ އިޝާ ނަމާދަށް ފަހު ގަލޮޅު ސަހަރާގަ އެވެ. އުމަރުޒާހިރުގެ މައްޗަށް ކުރެވުނު ކަށުނަމާދު އިމާމްވެ ކުރެއްވީ އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރ، ކުރީ...