33 ރަށަކާއި 3 ރިސޯޓެއްގައި "ޕިންކް ރިބަން ރަން-ވޯކް" ބާއްވައިފި
ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ “ޕިންކް ރިބަން ރަން-ވޯކް” މިއަހަރު ރާއްޖޭގެ 33 ރަށަކާއި 3 ރިސޯޓެއްގައި ބާއްވައިފިއެވެ. މި ހަރަކާތަކީ 2016 ވަނަ އަހަރުން ފެށިގެން އަހަރީ ގޮތެއްގައި ބާއްވަމުން އަންނަ ހަރަކާތެކެވެ. މި އަހަރުގެ މައި އިވެންޓް ބޭއްވުނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. އަދި މީގެ އިތުރުން އެހެން 32 ރަށަކާއި 3 ރިސޯޓެއްގައިވެސް މި ހަރަކާތް ކުރިއަށް ގެންގޮސްފައިވެއެވެ. ޕިންކް ރިބަން ރަން-ވޯކްގެ މައިގަނޑު މަޤްޞަދަކީ […]