ކެލާ ކަނޑޫފާ ނެތިދަނީ
ހއ. ކެލާ ކަނޑޫފާގެ ބައެއް މަރުވެ، ނެތެމުންދާކަމަށް ކެލާ ކައުންސިލުން ވިދާޅުވެއްޖެއެވެ. ކެލާގެ ކަނޑޫފަލުގައި ދުނިޔޭގެ ނެތިދާނެކަމަށް ބެލެވޭ ބަވާތުގެ ކަނޑޫ ގަސްތަކެއް ހުރިއިރު، އެ ކަނޑޫފާގެ ތިންބައިކުޅަ އެއްބަައި އެއްކޮށް މިހާރު މަރުވެފައިވާކަމަށް “ތިލަދުން”އަށް އެ މައުލޫމާތު ދެއްވަމުން ކެލާ ކައުންސިލްގެ ރައީސް އަބުދުﷲ އިންފާޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ ކަނޑޫފަލުން މިހާރު މަރުވަމުންދަނީ ކުރިން ރަނގަޅަށް ހުރި ބޮޑުވަކި ގަސްތައް ހިމެނޭ ސަރަހައްދުގައި ހުރި ކަނޑޫ ގަސްތައް ކަަމަށެވެ. “ވާނުވާ ނޭނގި...