ކޯވިޑާއި ގުޅިގެން ޔުނިސެފުން ރާއްޖެއަށް ބޮޑު އެހީތެރި ކަމެއް!
ކޯވިޑް-19 ބަލިމަޑުކަމާއި ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން ޔުނިސެފްގެ ފަރާތުން އަނެއްކާވެސް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ. މިކަމާއި ގުޅިގެން މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ތަކެއްޗާ ރާއްޖޭގެ ފަރާތުން ހަވާލުވީ ރާއްޖޭގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. ޔުނިސެފްގެ ފަރާތުން ތަކެތި ހަދިޔާ ކުރެއްވީ ރާއްޖެ އަށް ކަނޑައަޅާފައިވާ މަންދޫބު ޑރ. މުނީރު އަލް ސަފީލްދީން އެވެ. ޔުނިސެފްގެ ފަރާތުން މިއަދު ރާއްޖެއަށް ހަދިޔާކޮށްފައ...