ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު އިސްތިއުފާ ދެއްވަނީ
ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމުން އަހުމަދު މުހައްމަދުފުޅު އިސްތިއުފާ ދެއްވުމަށް ނިންމަވައިފިއެވެ. އަހުމަދު، ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ޖެނުއަރީ 21، 2020 ގައެވެ. އެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ އިންސްޕެކްޓާ އޮފް ޕްރިޒްންސްގެ މަގާމުގައެވެ. އޭނާ ވަނީ ހިއުމަން ރައިޓްްސް ކޮމިޝަންގެ ޑިރެކްޓާ އޮފް ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ މަގާމު ވެސް އަދާކުރައްވައިފައެވެ. އަހުމަދު މީޑީއާތަކަށް މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ކޮމިޝަނާ އޮފް ޕްރި...