Thiladhunmathi News
ކޮމަންޑޫ މަސްވެރިންގެ ޖަމިއްޔާގެ އެހީއާއިއެކު ށ.އަތޮޅު ތައުލީމީ މަރުކަޒުގައި ފުޓްސަލް ދަނޑެއް އަޅަނީ
ށ. ކޮމަންޑޫ، މަސްވެރިންގެ ފެއާޓްރޭޑް ޖަމިއްޔާގެ އެހީތެރިކަމާއެކު ށ. އަތޮޅު ތައުލީމީ މަރުކަޒުގައި ފުޓްސަލް ދަނޑެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ. ކޮމަންޑޫގައި ހުންނަ ށ. އަތޮޅުގެ ތައުލީމީ މަރުކަޒުގައި އެރަށުގެ “މަސްވެރިންގެ ފެއާޓްރޭޑް ޖަމިއްޔާ”ގެ އެހީތެރިކަމާއެކު ގާއިމުކުރުމަށް ހަމަޖެހިފައިވަނީ 100 ފޫޓާއި 50 ފޫޓް ޓާފް ފުޓުސަލް ދަނޑެއްކަމަށް ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ސިނާން “ތިލަދުން”އަށް ވިދާޅުވިއެވެ. މަސްވެރިންގެ ފެއާޓްރޭޑް ޖަމިއްޔާއިން މިހާރު ވަނީ މި ދަނޑު އެޅުމަށް ބޭނުންވ...