ކުއްޖާއަށް އަނިޔާކުރި މައްސަލަ ބަލަން ޚާއްސަ ޓީމެއް ރަސްދޫއަށް
އއ. ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ރޭ ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލަ ބެލުމަށް ކަމާބެހޭ އިދާރާތަކުގެ މައްޗަށް އެކުލެވޭ ޓީމެއް އެރަށަށް ހިނގައްޖެއެވެ. ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން އެކްސްގައި ކުރި ޕޯސްޓެއް މެދުވެރިކޮށް ވިދާޅުވެފައި ވަނީ އެ މައްސަލައާއި ގުޅިގެން ފުލުހުންނާއި، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އަދި ޑިޕާޓްމަންޓް އޮފް ޖުވަނައިލް ޖަސްޓިސްގެ ޓީމެއް އެ ރަށަށް ގޮސްފައި ވާކަމަށެވެ. ރަސްދޫގައި މިކަން ހިނގާފައި ވަނީ ރޭ ތަރާވިސް ނަމާދު ގަޑީގަ އެވެ. […]