Thiladhunmathi News
ކުޅުދުއްފުށީ "ހާލު ކިހިނެއް؟" ޕްރޮގްރާމްގައި ފާހަގަކުރެވުނު ނާޒުކު ހާލަތުގައި އުޅޭ ފަރާތްތަކަށް އެހީވާން ފަށައިފި
ހދ.ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ “ހާލު ކިހިނެއް” ޕްރޮގްރާމްގައި ފާހަގަކުރެވުނު ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސޯސަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓުން ފަށައިފިއެވެ. “ހާލު ކިހިނެއް؟” ޕްރޮގްރާމަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެދަށުން ރައްޔިތުންގެ ހާލަތު ދެނެގަނެ، ގާތުން ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ފެށި ޕްރޮގްރާމެކެވެ. މިޕްރޮގްރާމުގެ ތެރެއިން ރާއްޖޭގ...