ކުޅުދުއްފުށީގެ އަނބު ގަސްތަކަށް ދިމާވެފައިވާ "ފުރުޓް ފްލައި" ގެ މައްސަލަ ހައްލުކުރަން މަސައްކަތް ފަށައިފި
ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގުޅިގެން އެސިޓީގެ އަނބު ގަސްތަކަށް ދިމާވެފައިވާ “ފުރުޓް ފްލައި” ގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ފަށައިފިއެވެ. މިގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލުން މިއަދު ވިދާޅުވީ، އެ ސިޓީގެ އަނބު ގަސްތަކަށް ދިމާވެފައިވާ ފުރުޓް ފްލައިގެ މައްސަލައާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަންއާއި، ގުޅުވާލައިގެން ފްރުޓް ފްލައި ކޮންޓްރޯލް ކުރުމަށްޓަކައި ދަންތުރަ ހަރުކުރުމުގެ ޢަމަލީ މަސައްކަތް އެސިޓީގެ ބައެއް ގޭގެއަށް ގޮސް...