ރައްޔިތުން އަޅުގަނޑުމެން އިންތިހާބުކުރީ 4 އަހަރުގެ މަސައްކަތް ކޮށްފައި ފަހު އަހަރު ގޭގައި ތިބޭގޮތަކަށް ނޫން: އާޠިފް
ރައްޔިތުން، ސިޓީ ކައުންސިލުގެ މޭޔަރ އަދި ކައުންސިލު މެންބަރުން އިންތިހާބުކުރީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށާއި، ހަތަރު އަހަރު މަސައްކަތްކުރުމަށް ފަހު ބާކީ ފަހު އަހަރު ގޭގައި ތިބޭ ގޮތަކަށް ނޫންކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް ވިދާޅުވެއްޖެއެވެ. މޭޔަރ އާޠިފް މިހެން ވިދާޅުވީ، ލާމަރުކަޒީ ޤާނޫނަށް ގެންނަން އިއްޔެ ފާސްކޮށްފައިވާ ބަދަލުތަކާމެދު ކަންބޮޑުވުން ފާޅުކޮށް، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި މޭޔަރ ވިދާޅުވީ، ލާމަރުކަޒީ ޤާނޫނަށް މި ގެންނަ ބަދަ...