ލަތީފް ދިއްދޫ ގޮނޑިއަށް ވާދަކުރަނީ
ހއ. ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުލްލަތީފު މުހައްމަދު (ލަތީފްބެ) އެ ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ނިންމަވައިފިއެވެ. އަންނަ މަޖިލިސް އިންތިޚާބުގައި ލަތީފް ދިއްދޫ ދާއިރާއަށް ވާދަކުރުމަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ހޯދުމަށް ޕްރައިމަރީއަށް ތައްޔާރުވަމުން އަންނަކަން އޭނާގެ ޢާއިލީ މީހަކު ކަށަވަރުކޮށްދީފައެވެ. އަންނަ ދައުރަށް މަޖިލީހަށް ކުރިމަތިލުމުގެ މަސައްކަތް ލަތީފް ފަށާފައިވާއިރު، އޭނާ ދިއްދޫ ގޮނޑިއަށް ވާދަކުރަނީ ވަރަށް ގިނަ ސަޕޯޓަރުންނާއ...