''ދައުރުވަމުންދަނީ ހިންނަވަރުން ގޯތިލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް''
މީސްމީޑިއާގައި ދައުރުވަމުންދަނީ ޅ. ހިންނަވަރުން ގޯތިލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓަކްޗާގެ ސީނިއާ އެގްޒެކްޓިވް ޑައިރެކްޓަރ މުޙައްމަދު އާރިފް ވިދާޅުވެއްޖެއެވެ. ހުޅުމާލެއިން ގޯތި ލިބޭ މީހުންގެ ލިސްޓެއްކަމަށްބުނެ މިއަދު ވަނީ މީސްމީޑިއާގައި ބަޔަކު ލިސްޓެއް ދައުރުކޮށްފައެވެ. ދައުރުކުރި ލިސްޓްގައި ބައިން ފެންނަނީ މުޅިން ވެސް ހިންނަވަރު މީހުންނަށް ގޯތި ލިބިފައިވާކަމަށެވެ. އެ ލިސްޓާ ގުޅިގެން އާރިފް ކުރެއްވި ޓްވީޓެއްގައި ވަނީ މީސްމީޑިއ...