Skip to main content
Topic Archive

#ބެޑްމިންޓަން

6 Stories filed
މޯލްޑިވްސް ޖޫނިއަރ އޯޕަން ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
Raajje

މޯލްޑިވްސް ޖޫނިއަރ އޯޕަން ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، “ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން 2025” ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ. “ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން 2025″ ބެޑްމިންޓަން މުބާރާތް”ގެ ފައިނަލް ދެ މެޗުގެ ރޭ ވަނީ ކުޅެފައެވެ. މި ދެ މެޗުވެސް ރައީސް ވަނީ ބައްލަވާ ލައްވާފައެވެ. މާލޭގެ ކުޅިވަރު އެކުވެނި، ބެޑްމިންޓަން ހޯލްގައި ކުޅުނު މި މުބާރާތުގެ ފައިނަލް ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ވާދަކުރީ “މާލޭ” ޓީމާއި “އޭދަފުށީ” ޓީމެވެ. ދެވަނަ މެޗުގައި […]

ނަބާހާ އަށް މިފަހަރު ފްރެޒިޑެންޓްސް ޗެމްޕިއަންޝިޕްގެ ތަށި
Sports

ނަބާހާ އަށް މިފަހަރު ފްރެޒިޑެންޓްސް ޗެމްޕިއަންޝިޕްގެ ތަށި

ލިޓަސް ބެޑްމިންޓަން އެސޯސިއޭޝަންގެ ޕްރެޒިޑެންޓްސް ޗެމްޕިއަންޝިޕްގެ އަންހެން ބައިގެ ތަށި ގައުމީ ޗެމްޕިއަން ފާތިމަތު ނަބާހާ ހޯދައިފިއެވެ. ބެޑްމިންޓަން އެސޯސިއޭޝަނުން މުޅިން އަލަށް ބޭއްވި ޕްރެޒިޑެންޓްސް ޗެމްޕިއަންޝިޕްގައި ވެސް އެންމެ ކާމިޔާބު ކުޅުންތެރިއަކީ ވެސް މިފަހަރުގެ ގައުމީ މުބާރާތުގައި ވާދަކުރި ތިން އިވެންޓުން ޗެމްޕިއަންކަން ހޯދި ނަބާހާ އެވެ. އޭނާ ވަނީ މި ފަހަރުގެ މުބާރާތުގައި ވެސް އަންހެން ސިންގަލްސްގެ އިތުރުން އަންހެން ޑަބަލްސް އާއި މިކްސް ޑަބަލްސް ތަށި އުފުލާލައިފަ އެވެ. އަންހެން ސިންގަލް...

ޕާކިސްތާން މުބާރާތުގެ އަންހެން ޑަބަލްސް ބައިން ރަން މެޑަލް ދެބެންނަށް
Sports

ޕާކިސްތާން މުބާރާތުގެ އަންހެން ޑަބަލްސް ބައިން ރަން މެޑަލް ދެބެންނަށް

ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުން ރާއްޖޭގެ ދެބެން ކަމަށްވާ ހދ.ނެކުރެންދޫ އަށް އުފަން ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާގެ ޕެއާ ރަން މެޑަލް ހާސިލްކޮށްފި އެވެ. މީގެ ކުރިން ވެސް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ގިނަ ކާމިޔާބީތަކެއް މި ދެކުދިން ހޯދަފައިވާއިރު އަންހެން ޑަބަލްސްގައި ނަބީހާ އާއި ނަބާހާގެ ޕެއާ ވަނީ ރާއްޖެ އަށް މި ވަނީ ޖުމްލަ ނުވަ މެޑަލް ގެނެސްދީފައެވެ. ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށްގެންދިޔަ ޔޮ...

ޕާކިސްތާން މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުން ނަބާހާ އާއި ޒަޔާންއަށް ރަން މެޑަލް
Sports

ޕާކިސްތާން މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުން ނަބާހާ އާއި ޒަޔާންއަށް ރަން މެޑަލް

ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގައި މިއަދު ކުޅުނު މިކްސް ޑަބަލްސް އިވެންޓުގެ ފައިނަލް މެޗު ކާމިޔާބުކޮށް ރާއްޖޭގެ ފާތިމަތު ނަބާހާ އާއި ޒަޔާން ޒަކީގެ ޕެއާ ރަން މެޑަލް ހާސިލްކޮށްފިއެވެ. ނަބާހާ އަދި ޒަޔާންގެ ޕެއާ ރަން މެޑަލް ހޯދީ މިއަދު ކުޅުނު ފައިނަލްގައި ނޭޕާލުގެ ދިޕޭޝް އާއި އަމީތާގެ ޕެއާ އާއި ބައްދަލުކޮށް ސީދާ ދެ ސެޓުން މޮޅުވެގެންނެވެ. ފުރަތަމަ ސެޓު ނަބާހާ އަދި ޒަޔާންގެ ޕެއާއިން 16-21 އިން ކާމިޔާބު ކުރިއިރު ދެވަނަ […]

Sports

ބެޑްމިންޓަންގެ ދެ އިވެންޓްއިން ރާއްޖޭގެ ދެ ޕެއަރ ފައިނަލަށް

ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބަދުގައި ކުރިއަށްދާ ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގައި މިއަދު ކުޅުނު ސެމީ ފައިނަލް މެޗުތަކުން މޮޅުވެ އަންހެން ޑަބަލްސް އިން ރާއްޖޭގެ ދެބެން ކަމަށްވާ އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާގެ ޕެއާގެ އިތުރުން މިކްސް ޑަބަލްސް އިން ނަބާހާ އާއި ޒަޔާން ޒަކީގެ ޕެއާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ. އަންހެން ޑަބަލްސް ބައިން ރާއްޖޭގެ ނަބީހާ އާއި ނަބާހާގެ ޕެއާ ފައިނަލުން ފުރުސަތު ހޯދީ ސެމީގައި ސެހެރާ […]

Sports

އަންހެން ސިންގަލްސް ބައިން ނަބީހާ އާއި ނަބާހާ ކުއާޓާއަށް

އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތުގައި އަންހެން ސިންގަލްސް ބައިން އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާ ދަތުރުކޮށްފިއެވެ. 6.1 މިލިއަން ރުފިޔާގެ ބޮޑު ހަރަދަކާއިއެކު ޔޫތް މިނިސްޓްރީން އައްޑޫ ސިޓީގައި މުޅިން އަލަށް ބިނާކުރި އޭޝިއާގެ ބެޑްމިންޓަން ޓްރެއިނިންގް އެޕްރޫވަލް ކޯޓުގައި ފަށައިގެން ކުރިޔަށް މި މުބަރާތުގައި އަންހެން ބައިގައި ވާދަ ކުރި ނަބާހާ ޕާކިސްތާނުގެ އަމާލްއާ ވާދަކުރި މެޗުން އޭނާ ކުރި ހޯދީ 1-2 އިންނެވެ. […]