މަޤުބޫލު ސަބަބެއް އޮވެގެން ބާ އިމްތިޙާނަށް ރަޖިސްޓަރީ ނުވާ ފަރާތްތަކަށް ފުރުސަތެއް
ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުން ބާ ކައުންސިލާއި މަތިކޮށްފައިވާ ޒިންމާގެ ދަށުން އެ ކައުންސިލުން ބާއްވާ ފުރަތަމަ ބާ އިމްތިހާންގައި ބައިވެރިވާން ހުޅުވާލި ފުރުޞަޠުގައި މަޤުބޫލު ސަބަބެއް މެދުވެރިވެގެން ރަޖިސްޓަރ ކުރެވިފައިނުވާ ފަރާތްތަކަށް އެ އިމްތިޙާނުގައި ރަޖިސްޓަރީވުމުގެ ފުރުޞަޠު ހުޅުވާލައިފިއެވެ. ފުރަތަމަ ބާ އިމްތިޙާން ބާއްވަން ބާ ކައުންސިލުން ނިންމާފައި ވަނީ މިއަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ. އަދި އެ އިމްތިޙާނުގައި ބައިވެރިވުމުގެ ފުރުޞަޠު ހުޅުވާލާފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު...