ކެންދޫ މަޤާމުފުޅު މަރާމާތުކޮށް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރިއަށް
ބ. ކެންދޫ މަޤާމުފުޅު މަރާމާތުކޮށް، ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނެފިއެވެ. އެ މަރުކަޒުން މިއަދު ބުނީ ކެންދޫ މަޤާމުފުޅު މަރާމާތުކޮށް، އެ ބިނާ އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން ދާކަމަށެވެ. މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ އެމް ދާއިރާ އިންވެސްޓްމަންޓް އާއިއެވެ. މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ އެއްބަސްވުމުގައި މިއަހަރުގެ ފެބްރުއަރީ މަހުގެ3 ވަނަ ދުވަހު ސޮއިކޮށްފައިވާއިރު، މި މަސައްކަތް ހަވާލުކޮށްފައި ވ...