ހާލަތު އިތުރަށް ގޯސްވެގެން ދިޔަ ނުދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ބާރަށު ސިއްހީ މަރުކަޒުން އިލްތިމާސްކޮށްފި
ކޯވިޑް-19 ކޭސްތައް ގިނަވެ، ހާލަތު އިތުރަށް ގޯސްވެގެން ދިޔަ ނުދިނުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ހއ. ބާރަށު ސިއްހީ މަރުކަޒުން އިލްތިމާސްކޮށްފިއެވެ. ބާރަށު ސިއްހީ މަރުކަޒުން ފާހަގަކުރަށްވާފައިވާ ގޮތުގައި އެރަށުގައި މި ވަގުތު ކޯވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ 20 އަށް އަރާފައެވެ. ޕޮޒިޓިވްވެފައި ވަނީ ހުމާއި ރޯގާގެ އަލާމާތްތައް ފެނިގެންނާއި މާލެއަށް ދަތުރުކުރުމަށްފަހު އަދި ކުރިން ޕޮޒިޓިވްވެފައިވާ ފަރާތްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ ފަރާތްތަކެއްކަމަށް...