ބަންގްލަދޭޝްގައި ފެންބޮޑުވެ 3 ލައްކަ މީހުންގެ ގެދޮރު ގެއްލިއްޖެ
ބަންގްލަދޭޝްގައި ކުރިމަތިވެފައިވާ ބޮޑު ފެންބޮޑުވުމުގެ ހާދިސާގެ ސަބަބުން 3 ލައްކަ މީހުންގެ އާބާދީއެއްގެ ގެދޮރު ގެއްލި ވަގުތީ ހިޔާވަހިކަމަށް ބަދަލުކުރަން ޖެހިއްޖެއެވެ. މި ފެންބޮޑުވުމުގެ ސަބަބުން ބަންގްލަދޭޝްގެ އިތުރުން އިންޑިއާގެ ބައެއް ސަރަހައްދުތަކަށްވެސް އަސަރުކޮށް، މިހާތަނަށް 42 މީހުން މަރުވެފައިވާކަމަށް ވަނީ އިއުލާނުކޮށްފައެވެ. 170 މިލިއަން އާބާދީއެއް އޮންނަ ބަންގްލަދޭޝްގެ ގިނަ ސަރަހައްދުތަކަކީ ތިރި ބިންތަކަކަށްވުމާއެކު، ކޮންމެ އަހަރަކުވެސް މޫސުމީ ވިއްސާރައިގެ ސަބަބުން ފެންބޮޑުވުމުގެ މައްސަލަ...