Skip to main content
Topic Archive

#ބޯހިޔާވަހިކަން

133 Stories filed
ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކުރި ގޯތިތަކުގެ ގުރުއަތުލައިފި
Raajje

ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކުރި ގޯތިތަކުގެ ގުރުއަތުލައިފި

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ދޫކުރާ ގޯތިތައް ލިބުނު ފަރާތްތަކުގެ ޕްލޮޓް ކަނޑައެޅުމަށްޓަކައި ނަސީބުވެރިންގެ ދެމެދު މިއަދު ގުރުއަތު ލައިފިއެވެ. މި ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ ކަލާފާނު ސުކޫލުގެ ހޯލުގައެވެ. ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ގުރުއަތުން ޕްލޮޓް ނަންބަރު އިއުލާނުކުރެވެމުންދާ ވަރަކަށް، އެކަމަށް ހާއްސަ ކުރެވިފައިވާ ލިންކު މެދުވެރިކޮށް ވަގުތުން ބައްލަވައިލެއްވޭނެ އިންތިޒާމު ހަމަޖައްސާފައެވެ. މި އިންތިޒާމުގެ ސަބަބުން ގޯތި ލިބުނު ފަރާތްތަކަށް އެމީހުން...

ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން ފަށައިފި
Raajje

ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން ފަށައިފި

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކުރާ 698 ގޯތީގެ ގުރުއަތުލުމުގެ މަސައްކަތް ކަލާފާނު ސްކޫލުގައި މިއަދު ފަށައިފިއެވެ. މި ގުރުއަތުލުން ކުރިއަށް ގެންދަނީ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން (އެޗްޑީސީ) އިން ތިންވަނަ ފިޔަވަހީގެ މާސްޓަރ ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅިގެން ގޯތީގެ ސަރަޙައްދަށް ބަދަލު އައިސްފައިވާތީ، އައު ލޮޓް ނަންބަރު ކަނޑައެޅުމަށްޓަކައެވެ. ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައ...

އަމާން އުދަރެސް: އިތުރު 5 ޓަވަރެއްގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފަށައިފި
Raajje

އަމާން އުދަރެސް: އިތުރު 5 ޓަވަރެއްގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފަށައިފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި ”އަމާން އުދަރެސް” 4000 ފްލެޓްގެ ތެރެއިން އިތުރު 5 ޓަވަރެއްގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މިފަހަރު ތަޅުދަނޑި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ އަމާން އުދަރެސް ޓަވަރު 11، 12، 15، އަދި 16 ގެ އިތުރުން މާދަމާ ފެށުމަށް ހަމަޖެހިފައިވާ 13 ވަނަ ޓަވަރުގެ އެޕާޓްމަންޓްތަކުގެ ތަޅުދަނޑިތަކެވެ. ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ކޮންމެ ދުވަހެއްގެވެސް ހެނދުނު 9:30 އ...

އެއްފަހަރާ ދެ ޑްރެޖަރު ބޭނުންކޮށްގެން ފޭސް 3 ހިއްކުން ހަލުވިކޮށްފި
Raajje

އެއްފަހަރާ ދެ ޑްރެޖަރު ބޭނުންކޮށްގެން ފޭސް 3 ހިއްކުން ހަލުވިކޮށްފި

ހުޅުމާލޭ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކުރުމުގެ ގޮތުން، އެއްފަހަރާ ދެ ޑްރެޖަރު ބޭނުންކޮށްގެން މަސައްކަތް ފަށައިފިއެވެ. މިކަން ހާމަކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވަނީ މި މަސައްކަތުގެ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ވެސް އާންމުކުރައްވާފައެވެ. ރައީސް ޑރ. މުޢިއްޒު ވަނީ މީގެ ކުރިން ވެސް މި މަސައްކަތް ހަލުވިކުރުމާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. ނޮވެމްބަރު 25، 2025 ދުވަހުގެ ރޭ މާލޭގެ މައްޗަންގޮޅީގެ ރައްޔިތުންނާ ބައްދަލުކުރައްވައި...

ބިންހިއްކަން އަވަސްކުރަން އިތުރު ޑްރެޖަރެއް ރާއްޖެ ގެނެސްފި
Raajje

ބިންހިއްކަން އަވަސްކުރަން އިތުރު ޑްރެޖަރެއް ރާއްޖެ ގެނެސްފި

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތްތައް އަވަސްކުރުމުގެ ގޮތުން، ހުޅުމާލޭ ފޭސް 3 ހިއްކުމަށް ބޭނުންވާ އިތުރު ޑްރެޖަރެއް މިއަދު ރާއްޖެ ގެނެސްފިއެވެ. މިކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ މައުލޫމާތު ހިއްސާކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މާދަމާއިން ފެށިގެން ހުޅުމާލޭ ފޭސް 3 ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. ހުޅުމާލޭ ފޭސް 3 މަސައްކަތް އަވަސްކުރުން ރައީސް މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހ...

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގައި ހިމެނޭ ''ޢާއިލީ ބޯހިޔާވަހިކަން'' އިފްތިތާޙްކޮށްފި
Raajje

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގައި ހިމެނޭ ''ޢާއިލީ ބޯހިޔާވަހިކަން'' އިފްތިތާޙްކޮށްފި

ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެނަށް” ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ ”ޢާއިލީ ބޯހިޔާވަހިކަން” ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މި ސިޔާސަތު އިފްތިތާޙުކޮށްދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބްއެވެ. މި އިފްތިތާޙާއެކު، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދާނެ ޢުސޫލުތަކާއި، ފްލެޓް ދޫކުރުމުގެ އުސޫލު އަދި ގޯތި ދޫކުރުމުގެ ސްކީމާއި އޭގެ އުސޫލުތައް ވަނީ އާއްމުކޮށްފައެވެ. މި ބޯހިޔާވަހިކަމުގެ ސްކީމްތަކުން ފުރުޞަތު ދިނުމަށް ވަނީ މައިގަނޑު ހަތަރު ކ...

ރަސްމާލެއިން 15,000 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލަނީ
Raajje

ރަސްމާލެއިން 15,000 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލަނީ

މާލޭގެ ބޯހިޔާވަހިކަމުގެ ދިގުދެމިފައިވާ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި، ރަސްމާލެއިން މިހާރު ހިއްކަމުންދާ ބިމުން 15,000 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލަން ތައްޔާރުވަމުން އަންނަ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މިއަހަރުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، ރަސްމާލެއިން ހިއްކާ ބިމުގެ ފުރަތަމަ ބުރުގައި، ކުރިއަށް އޮތް ފަސް މަސް ދުވަހުގެ...

މިލަންދޫގައި 50 ހައުސިންގ ޔުނިޓް އަޅަން ހަވާލުކޮށްފި
Thiladhunmathi News

މިލަންދޫގައި 50 ހައުސިންގ ޔުނިޓް އަޅަން ހަވާލުކޮށްފި

ށ. މިލަންދޫގައި 50 ހައުސިން ޔުނިޓް ތަރައްްޤީކުރުމުގެ މަޝްރޫޢު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތައް ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ށ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިލަންދޫ އަށް ޒިޔާރާތްކޮށް އެ ރަށް ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިންނެވެ. އެގޮތުން މިލަންދޫގައި ހައުސިން ޔުނިޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމ...

ގާނޫނު ބަދަލުކޮށްގެން ނަމަވެސް ސޯޝަލް ފްލެޓް ކުއްޔަށް ދިނުން ހުއްޓުވާނަން: މުއްތަލިބު
Raajje

ގާނޫނު ބަދަލުކޮށްގެން ނަމަވެސް ސޯޝަލް ފްލެޓް ކުއްޔަށް ދިނުން ހުއްޓުވާނަން: މުއްތަލިބު

އިޖްތިމާއީ ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ތެރެއިން ދޫކޮށްފައިވާ ފްލެޓްތަކަށް ޤަވާއިދުން ކުލި ނުދައްކާ މައްސަލައާއި، އެތަންތަން ބޮޑުއަގުގައި ކުއްޔަށްދޫކުރާ މައްސަލަ ހައްލުކުރުމަށްޓަކާ ޤާނޫނުގައި ހިމަނައިގެން ނަމަވެސް އެކަން ހުއްޓުވާނެ ކަމަށް ގެދޮރުވެރިކަމާއި ބިނާވެށްޓާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތައް އެއްބަސްވުމާ ޚިލާފ...

ކުރިން ފްލެޓް ލިބިފައިވާ 976 ދެމަފިރިއަކަށް ގެދޮރުވެރިޔާ ސްކީމުން ވެސް ފްލެޓް
Raajje

ކުރިން ފްލެޓް ލިބިފައިވާ 976 ދެމަފިރިއަކަށް ގެދޮރުވެރިޔާ ސްކީމުން ވެސް ފްލެޓް

މީގެ ކުރިން ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން ފްލެޓް ލިބިފައިވާ 976 ދެމަފިރިއަކު ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވި ގޮތުގައި، ސަރުކާރުން މިހާރު ދަނީ ނިމިދިޔަ ސަރުކާރުން އެކުލަވާލި ގެދޮރުވެރިޔާ ސްކީމުގެ ލިސްޓު މުރާޖަޢާ ކުރަމުންނެވެ. މި ލިސްޓުގައި ހިމެނޭ 976 ދެމަފިރިނ...

އެއްބަސްވުންތަކާއި ޚިލާފަށް ކުއްޔަށްދީފައިވާ ފްލެޓްތައް ދައުލަތަށް ނަގަނީ
Raajje

އެއްބަސްވުންތަކާއި ޚިލާފަށް ކުއްޔަށްދީފައިވާ ފްލެޓްތައް ދައުލަތަށް ނަގަނީ

އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތައް އެއްބަސްވުމާ ޚިލާފަށް ކުއްޔަށް ދީފައިވާ ތަންތަނާއި، އެތަންތަން ދެވިފައިވާ ފަރާތް ނޫން އެހެން ފަރާތްތަކުން ދިރިއުޅޭ ތަންތަނުގެ އެއްބަސްވުންތައް ބާޠިލްކޮށް، އެތަންތަން ދައުލަތަށް ނެގުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. “ސަރުކާރުގެ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮ...

އެއްބަސްވުމާ ޚިލާފަށް ފްލެޓް ކުއްޔަށްދޭނަމަ ފްލެޓް އަތުލާނަން: އެފްޑީސީ
Raajje

އެއްބަސްވުމާ ޚިލާފަށް ފްލެޓް ކުއްޔަށްދޭނަމަ ފްލެޓް އަތުލާނަން: އެފްޑީސީ

ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ ފްލެޓްތައް ލިބުނު ފަރާތްތަކުގެ ތެރެއިން އެއްބަސްވުމާ ޚިލާފަށް ފްލެޓް ކުއްޔަށް ދޫކުރާ ފަރާތްތަކުގެ އެއްބަސްވުން ބާތިލުކޮށް ފްލެޓް އަތުލާނެ ކަމަށް އެފްޑީސީން މިއަދު ބުނެފިއެވެ. އެފްޑީސީން މިހާތަނަށް 78 ފަރާތަކާ ފްލެޓް ހަވާލުކޮށްފައިވާއިރު، ފްލެޓް ލިބުނު ބައެއް ފަރާތްތަކުން ތިން ކޮޓަރީގެ ފްލެޓެއް 25,000 ރުފިޔާގެ ބޮޑު އަގެއްގައި ކުއްޔަށް ދޭން ސޯޝަލް މީޑިއާގައި އިޢުލާން ކުރަމުންދާކަން ފާހަގަކުރެވިފައިވެއެވެ. މި މައްސަލަ ފާހަގަ...

ހާއްސަ ލުއިތަކާއެކު ބޯހިޔާވަހިކަމަށް ކެރިފޯރުންތެރިކަން އިތުރުކުރުމުގެ މަޝްރޫޢުއެއް
Raajje

ހާއްސަ ލުއިތަކާއެކު ބޯހިޔާވަހިކަމަށް ކެރިފޯރުންތެރިކަން އިތުރުކުރުމުގެ މަޝްރޫޢުއެއް

ރާއްޖޭގައި ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް އަމާޒުކޮށް، ނެޝަނަލް ހައުސިންގ އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. މި މަޝްރޫޢަކީ ދިވެހިރާއްޖެއަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށާއި، ކެރިފޯރުންތެރި އަދި ދެމެހެއްޓެނިވި ހައުސިންގ މާކެޓެއް އުފެއްދުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން، އިމާރާތްކުރާ ފަރާތްތަކަށް ޚާއްޞަ ލުއިތަކެއް ދިނުމާއެކު، އެ ފަރާތްތަކު...

މި އަހަރު މާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫޢުއެއް ފަށަނީ
Raajje

މި އަހަރު މާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫޢުއެއް ފަށަނީ

މި އަހަރު ނިމުމުގެ ކުރިން މާލޭގައި 3،000 ހައުސިން ޔުނިޓްގެ މަޝްރޫޢުއެއް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެ އެވެ. ރައީސް މި ކަން އިޢުލާނު ކުރެއްވީ ރޭ ބޭއްވި ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި މި ޖަލްސާގައި ރައީސް ވިދާޅުވެފައިވަނީ އިންޑިއާގެ ލޯނު އެހީގައި މާލެ ސަރަޙައްދުގައި އިތުރު 4،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތްވެސް ފައްޓަވާނެ ކަމަށެވެ. “ބޯހިޔާވަހިކަމުގެ ދާއިރާއަށް ބެލިނަމަވެސް […]

15 ނޮވެންބަރުގައި އިޢުލާންކުރީ ފައިނަލް ފްލެޓް ލިސްޓް: މުއްތަލިބު
Raajje

15 ނޮވެންބަރުގައި އިޢުލާންކުރީ ފައިނަލް ފްލެޓް ލިސްޓް: މުއްތަލިބު

15 ނޮވެންބަރު 2023 ގައި އިޢުލާން ކުރެވުނު ލިސްޓަކީ ފައިނަލް ލިސްޓްކަމަށް ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ ”ގެދޮރުވެރިޔާ ސްކީމްގެ ދަށުން ރައްޔިތުންނަށް ދީފައިވާ ފްލެޓްތައް ވަގަށް ވިއްކަންއުޅޭ މައްސަލަ ބޮޑުވެއްޖެ” ސުރުޚީގެ ދަށުން އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއް ދޮގުކޮށް ކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ލިސްޓާ އެކު ކުރެވުނު އިޢުލާނުގައިވާ ގޮތަށް ޢަމަލުކުރެވޭނެ ކަމަށާއި، ލިސްޓުން އުނި...