Skip to main content
Topic Archive

#ރިޔާސީ އިންތިޚާބު

256 Stories filed
ވަރުގަދަ ގައުމީ މަސައްކަތުގައި ބައިވެރިވުމަށް މުއިއްޒު ދައުވަތު ދެއްވައިފި
Raajje

ވަރުގަދަ ގައުމީ މަސައްކަތުގައި ބައިވެރިވުމަށް މުއިއްޒު ދައުވަތު ދެއްވައިފި

މި މަހުގެ ފަހުކޮޅު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބަލި ކުރުމަށްޓަކައި އެކުގައި މަސައްކަތް ކުރުމަށް ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ދައުވަތު ދެއްވައިފިއެވެ. “ޝުކުރިއްޔާ ދިވެހިން” ނަމުގައި އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އޭނާ ވެރިކަމަށް ވަޑައިގަންނަވަނީ އެއްވެސް މީހަކު ބާކީ ނުކޮށް، އެންމެންނަށް ވެސް ހަމަހަމަކަމާއި ލޯތްބާއި ކުލުނާ އެކީގައި ތަރައްގީ [...

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މުއިއްޒު އަށް ކާމިޔާބުކޮށްދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންފި
Raajje

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މުއިއްޒު އަށް ކާމިޔާބުކޮށްދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ޕީއެންސީ، ޕީޕީއެމް ކޯިޝަންގެ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަށް ކާމިޔާބުކޮށްދެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވިކަން ހާމަކުރައްވާފައިވަނީ ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައމަދު ޖަމީލް އަހްމަދު ކުރައްވާފައިވާ ޓްވީޓެއްގައެވެ. ރައީސް ޔާމީނުގެ ވެދުން ދިވެހި ރައްޔިތުންނަށް ދަންނަވައި އެ ޓްވީޓުގައި ވިދާޅުވީ ޑރ. މުއިއްޒު އަށް އިތުރު ތ...

މާދަމާ އަކީ ވެސް ސަރުކާރު ބަންދު ދުވަހެއް
Raajje

މާދަމާ އަކީ ވެސް ސަރުކާރު ބަންދު ދުވަހެއް

މާދަމާ އަކީ ވެސް ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. އެ އޮފީހުން ނެރުއްވި ދެންނެވުމެއްގައި ވިދާޅުވެފައިވަނީ ސެޕްޓެމްބަރު 11 ވާ ހޯމަ ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ. މިގޮތަށް ހަމަޖެއްސެވީ، ސެޕްޓެންބަރު މަހުގެ 9 ވާ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބާއި ގުޅޭ އެކިއެކި މަސައްކަތްތަކުގައި ހަރަކާތްތެރިވި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން، ވޯޓާއި ގުޅިގެން ކުރަން ޖެ...

ބަލިވިޔަސް އިސްލާހީ ބަދަލު ގެނައުމުގެ މަސައްކަތުގައި ދެމިހުންނާނަން: ފާރިސް
Raajje

ބަލިވިޔަސް އިސްލާހީ ބަދަލު ގެނައުމުގެ މަސައްކަތުގައި ދެމިހުންނާނަން: ފާރިސް

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އިން ބަލިވިޔަސް އިސްލާހީ ބަދަލު ގެނައުމުގެ މަސައްކަތުގައި ދެމިހުންނަވާނެ ކަަމަށް އަމިއްލަގޮތުން ވާދަކުރެއްވި، އެމްއާރްއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ. ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި އޭނާއަށް ތާއިދުކޮށް ވޯޓު ދިން ހުރިހާ އެންމެނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. މީގެ އިތުރުން ވޯޓުން ކޮންމެ ނަތީޖާއެއް ނިކުތް ނަމަވެސް ކުރިއަ...

ދެވަނަ ބުރެއްގައި ކުރިއަށްދާނެ ގޮތެއް ނިންމާނީ ޕާޓީގެ ކައުންސިލާއި އާންމު ރައްޔިތުންގެ ވިސްނުންހުރި ގޮތަކަށް: އިލްޔާސް
Raajje

ދެވަނަ ބުރެއްގައި ކުރިއަށްދާނެ ގޮތެއް ނިންމާނީ ޕާޓީގެ ކައުންސިލާއި އާންމު ރައްޔިތުންގެ ވިސްނުންހުރި ގޮތަކަށް: އިލްޔާސް

ދެވަނަ ބުރެއްގައި ކުރިއަށްދާނެ ގޮތެއް ނިންމާނީ ޕާޓީގެ ކައުންސިލާއި އާންމު ރައްޔިތުންގެ ވިސްނުންހުރި ގޮތަކަށް ކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ކައުންސިލުން ނިންމާ ނިންމުންތަކާއިއެކު މަޝްވަރާއަށް ދިއުމަށް ތައްޔާރަށް ތިބި ކަމަށެވެ. އަދި ކޮންމެ ބަޔަކާ ވެސް މަޝްވަރާ ކުރެވޭނެ ކަމަށެވެ. ވަކި ބަޔަކާއި ވާހަކަ ދައްކަން ވެސް އދި ނުދައްކަންވެސް ނިންމާފައި ނެތް ކަމަށާއި މަޝްވަރާގެ ދޮރު ބަންދެއް ނުވާނެ ކަމަށް...

"ޝުކުރިއްޔާ ދިވެހިން" ނަމުގައި އިދިކޮޅުގެ ރެލީއެއް މިރޭ
Raajje

"ޝުކުރިއްޔާ ދިވެހިން" ނަމުގައި އިދިކޮޅުގެ ރެލީއެއް މިރޭ

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން އެ ދެ ޕާޓީން ގުޅިގެން މާލޭގައި ރެލީއެއް ބާއްވަން ނިންމައިފިއެވެ. ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވީ “ޝުކުރިއްޔާ ދިވެހިން” ނަމުގައި ބާއްވާ ހާއްސަ ރެލީއެއް މިރޭ 8:45 ގައި އާޓިފިޝަލް ބީޗުގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި މި ރެލީގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އާއި ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް ވެސް […]

ނަތީޖާ ގަބޫލުކޮށް ކާމިޔާބު ހޯދި ޕާޓީތަކަށް އެމްއެންޕީން މަރުހަބާ ކިޔައިފި
Raajje

ނަތީޖާ ގަބޫލުކޮށް ކާމިޔާބު ހޯދި ޕާޓީތަކަށް އެމްއެންޕީން މަރުހަބާ ކިޔައިފި

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ގަބޫލު ކުރާކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ. އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ނަތީޖާ ގަބޫލުކޮށް، ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުރާ ކަމަށެވެ. އަދި އިންތިހާބުގައި ކުރި ހޯއްދެވި ދެ ޕާޓީ އަށާއި ކެންޑިޑޭޓުންނަށާއި ރަނިންމޭޓުންނަށް މަރުހަބާ ކިޔާ ކަމަށެވެ. އެގޮތުން އިންތިހާބުގެ އެންމެކުރި ހޯއްދެވި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށާއި ރަނިންމޭޓް އުސްތާޒު ހުސައިން މުހައްމަދު […]

ރިޔާސީ އިންތިހާބު 2023: އެއްބުރުން ކާމިޔާބު ނުކުރެވި ދެވަނަ ބުރަކަށް
Raajje

ރިޔާސީ އިންތިހާބު 2023: އެއްބުރުން ކާމިޔާބު ނުކުރެވި ދެވަނަ ބުރަކަށް

މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް ކާމިޔާބު ނުލިބި، ދެވަނަ ބުރަކަށް ދާން ޖެހިއްޖެއެވެ. އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވެސް ބުނަމުން ދިޔަނަމަވެސް އެއްވެސް ކެންޑިޑޭޓަކަށް 51 އިންސައްތަ ވޯޓު ހޯދިފައެއް ނުވެއެވެ. އެހެންވެ، ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަކަށް ދާންޖެހިފައިވާއިރު، ދެވަނަ ބުރުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުން އެންމެމަތިން ނަތީޖާ ހޯއްދ...

ރިޔާސީ އިންތިހާބު 2023: ވޯޓު ކަރުދާސް ފޮޓޯ ނެގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި
Raajje

ރިޔާސީ އިންތިހާބު 2023: ވޯޓު ކަރުދާސް ފޮޓޯ ނެގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ވޯޓު ކަރުދާސް ފޮޓޯ ނެގި މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ. އެ އިދާރާ އިން ވިދާޅުވީ މިއީ ގއ. ވިލިނގިލީގައި ވޯޓުލާ މަރުކަޒަށް ވޯޓުލުމަށް ދިޔަ މީހަކު ފޮޓޯ ނެގި މައްސަލައެއް ކަމަށެވެ. އަދި އޭނާ ވޯޓު ކަރުދާސް ފޮޓޯ ނަގާފައިވަނީ ސްޕައި ކެމެރާއެއް ބޭނުންކޮށްގެން ކަމަށެވެ. ވޯޓު ކަރުދާސްކޮޅު ފޮޓޯ ނެގިކަމުގެ މައުލޫމާތު އެ އިދާރާ އަށް ލިބުނީ މިއަދު 10:25 އިރު ކަމަށާއި އެ މައްސަލައާ ގުޅިގެން 32 […]

ރިޔާސީ އިންތިހާބު 2023: ގިނަ ކެންޑިޑޭޓުން ވޯޓު ލައިފި
Raajje

ރިޔާސީ އިންތިހާބު 2023: ގިނަ ކެންޑިޑޭޓުން ވޯޓު ލައިފި

މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ގިނަ ކެންޑިޑޭޓުން ވޯޓު ލައްވައިފިއެވެ. އެގޮތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސާލިހު ވޯޓު ލައްވާފައިވަނީ ޅ ހިންނަވަރު ރައްޔިތުން ވޯޓު ލުމަށް ޖަމާލުއްދީން ސުކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ. އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވޯޓު ލައްވާފައިވަނީ މާފަންނު މަދަރުސާގައި ބަހައްޓާފައި ހުރި މާފަންނު އުތުރު ދާއިރާގެ...

ރިޔާސި އިންތިހާބުގެ ވޯޯޓުލުން ފެށިގެން ކުރިއަށް
Raajje

ރިޔާސި އިންތިހާބުގެ ވޯޯޓުލުން ފެށިގެން ކުރިއަށް

ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފިއެވެ. ރާއްޖޭގެ ގިނަ ސަރަހައްދެއްގައި ވެސް ވޯޓުލުން ފެށީ މިއަދު ހެނދުނު 8 ޖެހި އިރުއެވެ. ރާއްޖޭގެ ވެރިކަމުގައި ކުރިއަށް އޮތް ފަސް އަހަރަށް ހުންނަވާނެ ބޭފުޅަކު އައްޔަން ކުރުމަށް ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުލާން ފެށުމުގެ ގާތްގަޑަކަށް ގަޑިއެއްހައި އިރު ކުރިން އެކި ސަރަހައްދުތަކުގައި ވަނީ ކިޔޫ ހަދާފައެވެ. ވޯޓުލުން ނިންމައިލާނީ މިއަދު ހަވީރު 4 ޖަހާއިރުއެވެ. ނަމަވެސް އެވަގުތާއި ޖެހޭ އިރު، ކިޔޫގައި ތިބި މީހުންނަށް ވޯޓުލުމަށް ފުރުސަތު […]

ރިޔާސީ އިންތިހާބު 2023: ސަލާމަތީ ކަންކަމަށް ފުލުހުން އޮތީ ތައްޔާރަށް
Raajje

ރިޔާސީ އިންތިހާބު 2023: ސަލާމަތީ ކަންކަމަށް ފުލުހުން އޮތީ ތައްޔާރަށް

ރާއްޖޭގެ ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށް އެ އިދާރާ އިން ވިދާޅުވެއްޖެއެވެ. އެ އިދާރާ އާއި އިލެކްޝަންސް ކޮމިޝަން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާސީ އިންތިހާބުގެ ކޮމާންޑަރ ޗީފް ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރު ވިދާޅުވީ އިންތިހާބާއި ގުޅިގެން ކުރިމަތިވެދާނެ ހާދިސާތަކަށް ފުލުހުން ފުރިހަމައަށް ތައްޔާރުވެ، އެލާޓު ލެވެލް ވެސް މަތިކޮށްފައިވާ ކަމަށެވެ. އިންތިހާބުގެ ސަލާމާތާއި ރައްކާތެރި...

ރިޔާސީ އިންތިހާބު: ވޯޓުލާން ފަށާނީ މާދަމާ ހެނދުނު 8 ޖަހާއިރު
Raajje

ރިޔާސީ އިންތިހާބު: ވޯޓުލާން ފަށާނީ މާދަމާ ހެނދުނު 8 ޖަހާއިރު

މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ހުރިހައި ސަރަހައްދެއްގައި ވޯޓުލާން ފަށާނީ މާދަމާ ހެނދުނު 8 ޖަހާއިރު ކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ވިދާޅުވެއްޖެއެވެ. އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ޔޫކޭ ފިޔަވައި ހުރިހައި ގައުމެއްގައި ވެސް ރާއްޖެ ގަޑިން މާދަމާ ހެނދުނު 8 ޖަހާއިރު، ވޯޓުލާން ފަށާނެ ކަމަށެވެ. އެހެންނަމަވެސް ލަންޑަނުގައި ނުވަތަ ޔޫކޭ ގައި ބަހައްޓާ ފޮށީގެ ވޯޓުލުން ފެށޭނީ ރާއްޖެ ގަޑިން މެންދުރު 12 […]

ދެފުށްފެންނަ އިންތިހާބަކަށް ރިޔާސީ އިންތިޚާބު ހެދުމަށް އެޗްއާރްސީއެމް އިން އެދެފި
Raajje

ދެފުށްފެންނަ އިންތިހާބަކަށް ރިޔާސީ އިންތިޚާބު ހެދުމަށް އެޗްއާރްސީއެމް އިން އެދެފި

މާދަމާ ބާއްވާ ރިޔާސީ އިންތިހާބަކީ މިނިވަނ،ް އިންސާފުވެރި އަދި ދެފުށްފެންނަ އިންތިހާބަކަށް ހެދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ކަމާއިގުޅުން ހުރި ހުރިހައި އިދާރާތަކުގެ ކިބައިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އެދިލައްވައިފިއެވެ. އެ އިދާރާ އިން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އިންތިހާބުގެ ކުރީގެ ހާލަތު ދެނެގަތުމަށް މިހާތަނަށް މި ކޮމިޝަނުން ގިނަގުނަ މަސައްކަތްތަކެއް ކުރިއަށްގެންގޮސްފައިވާ ކަމަށާއި އެެގޮތުނ، އިންތިހާބާއި ގުޅޭ ގާނޫނުތަކާއި...

މުއިއްޒުއަށް އުތުރުގެ ބޮޑު ދެ މަޝްރޫއު "ވަރަށް މުހިންމު"
Raajje

މުއިއްޒުއަށް އުތުރުގެ ބޮޑު ދެ މަޝްރޫއު "ވަރަށް މުހިންމު"

މި ސަރުކާރުން ތަރައްޤީ ކުރާ ހަނިމައިދޫ އިންޓަނެޝަނަލް އެއަރޕޯޓާއި، ރައީސް ޔާމިންގެ މެނިފެސްޓޯގައި ހިމެނޭ އިހަވަންދިއްޕޮޅު ޓްރާންޝިޕް ބަނދަރުގެ ބޮޑު މަޝްރޫއަކީ ވަރަށް މުހުންމު ބޭނުންތެރިކަމެއް ކަމަށް ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ތިލަދުންނަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ މި ވަގުތަށް އެއަރޕޯޓްގެ ތަފްސީލު މަޢުލޫމާތު ނޭނގުނު ނަމަވެސް، ޔަގީނުން ވެސް އެއީ ވަރަށް ބޭނުންތެރި މުހިންމު މަޝްރޫއެއްކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަ...