Skip to main content
Topic Archive

#ރިޔާސީ އިންތިޚާބު

256 Stories filed
ކޮރަޕްޝަނަށް ޖާގައެއް ނެތް، އެއްވެސް ކަމެއް ނުފޮރުވާނަން: މުއިއްޒު
Raajje

ކޮރަޕްޝަނަށް ޖާގައެއް ނެތް، އެއްވެސް ކަމެއް ނުފޮރުވާނަން: މުއިއްޒު

ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ސަރުކާރުގެ އެއްވެސް އޮފީހެއްގައި ފޮރުވާނެ ކަމެއް ނުބާއްވަވާނެ ކަމަށާއި ވެރިކަމަށް ވަޑައިގަންނަވަނީ ސާފު ސަރުކާރެއް ގާއިމުކުރަން ކަމަށް އިިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ލ. އަތޮޅަށް ފެއްޓެވި ކެމްޕެއިން ދަތުރުގައި ލ. ގަމަށް ވަޑައިގެން ބޭއްވެވި ބޮޑު ޖަލްސާގައި މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރަން އެކުލަވާލާ ޓީމު ވާނީ އިހްލާސްތެރިކަމާ އެކީގައި...

މަސައްކަތް ކުރާތާ 15 އަހަރު ވެފައިވާ ރިސޯޓު މުވައްޒަފުންނަށް 300 ފްލެޓު
Business

މަސައްކަތް ކުރާތާ 15 އަހަރު ވެފައިވާ ރިސޯޓު މުވައްޒަފުންނަށް 300 ފްލެޓު

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ޚާއްސަކޮށް 300 ފްލެޓު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކޮށް ރާއްޖެޓީވީގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ މިގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ. އެކަމާ ގުޅޭ އުސޫލު ވަރަށް އަވަހަށް އާއްމު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަކްރަމް ވިދާޅުވީ، މި ފުރުސަތުގެ ދަށުން ފަތުރުވެރިކަމުފ...

ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޟީ ހައިލަމްގެ ތާއީދު މުއިއްޒުއަށް
Raajje

ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޟީ ހައިލަމްގެ ތާއީދު މުއިއްޒުއަށް

ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޟީ އަހުމަދު ހައިލަމް ތާއީދު ކުރައްވަނީ ޕީއެންސީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަށް ކަމަށް ވިދާޅުވެއްޖެއެވެ. އޭނާ މީސްމީޑިއާގައި ލިޔުއްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ސިޔާދަތާއި އަމާންކަމަށް ކުރިމަތިވެފައިވާ ނުރައްކާތަކާއި ގޮންޖެހުންތައް ނައްތާލެވޭނީ މުއިއްޒު އަށް ކަމަށެވެ. އަދި ގައުމުގައި ހަމަޖެހުމާއި އަމާންކަން ގާއިމުކޮށް، މާތްވެގެންވާ އިސްލާމްދީނަށް މިގައުމުގައި ކުރިމަތިވަމުންދާ ފުރައްސާރަކުރުންތައް ހުއްޓުވައިދ...

ސަރުކާރުން ނުވަތަ ވެރިއެއްގެ ފަރާތުން ބޭނުންވާ އެއްޗެއް ނެތް، އަދިވެސް ތާއީދު އޮތީ ރައީސް ސާލިހަށް: އުގައިލް
Raajje

ސަރުކާރުން ނުވަތަ ވެރިއެއްގެ ފަރާތުން ބޭނުންވާ އެއްޗެއް ނެތް، އަދިވެސް ތާއީދު އޮތީ ރައީސް ސާލިހަށް: އުގައިލް

މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވެސް ތާއީދު އޮތީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސާލިހަށް ކަމަށް އްޖޭގެ މަޝްހޫރު ޕްރޮފެސަރ ހަސަން އުގެއިލް ވިދާޅުވެއްޖެއެވެ. އުގައިލް ވިދާޅުވެފައިވަނީ އޭނާގެ ނަޒަރުގައި މިއީ ގައުމަށާއި ރައްޔިތުންނަށް މިވަގުތު އޮތް އެންމެ ރަނގަޅު ގޮތް ކަމަށާއި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއަކީ މިހާރު ރާއްޖެގައި ސިޔާސީގޮތުން އޮތް އެންމެ ހަރުދަނާ އަދި ތަޖްރިބާކާރު ޕާޓީ ކަމަށެވެ. މީގެ އިތުރުން ޑިމޮކްރަސީގެ އުސޫލުތަކާއި […]

ރާއްޖޭގެ ހުރިހައި ހިސާބެއްގައި ޑޮލަރު ނެގޭ އޭޓީއެމް ހުރުން މުހިންމު: މުޢިއްޒު
Raajje

ރާއްޖޭގެ ހުރިހައި ހިސާބެއްގައި ޑޮލަރު ނެގޭ އޭޓީއެމް ހުރުން މުހިންމު: މުޢިއްޒު

ޔޫއެސް ޑޮަލަރު ނެގޭ އޭޓީއެމް މާލެ ފިޔަވައި އިތުރު ރަށްތަކަށް ފުޅާ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ‘ތިލަދުން’ އާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކުޅުދުއްފުށި ސިޓީގައިި ވާހަކަ ދައްކަވަމުން، ޑޮލަރު ނެގޭ އޭޓީއެމް އެއް ކޮންމެ ސިޓީއެއްގައި ގާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ. މީގެ އިތުރުން މިއީ ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކަށާއި އާންމުންނަށް ވެސް މުހިންމު ކަމެއް ކަ...

އުތުރު ތިލަފަޅުން ގޯތި ދޭން ނިންމީ މައްސަލަ ފޮރުވަން: މުޢިއްޒު
Raajje

އުތުރު ތިލަފަޅުން ގޯތި ދޭން ނިންމީ މައްސަލަ ފޮރުވަން: މުޢިއްޒު

އުތުރު ތިލަފަޅުން ގޯތި ދޭން ނިންމީ، އެތަނާއި ގުޅޭ މައްސަލަތައް ފޮރުވަން ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއެޖެއެވެ. ”ތިލަދުން” އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ އެންމެ ފަހު ވަގުތު އުތުރު ތިލަފަޅުން ގޯތި ދޭން ސަރުކާރުން ނިންމީ އެތަނުގެ އެގްރިމަންޓާއި، އެތަނުގައި އިންޑިޔާ ސިފައިން ތިބޭ މައްސަލައާއި ގުޅީގެން ދެކެވޭ ވާހަކަތައް ސިއްރުކޮށް މައްސަލަ ފޮރުވާލަން ކަމަށެވެ. އަދި އުތުރު ތިލަ ފަޅަކީ ދިވެހި ސިފައިންގެ ބާރު ނުހިގާ […]

ކޭލަކުނު އިކޯ ޓޫރިޒަމްގެ ރަށަކަށް ހަދައި، އާމްދަނީ ލިބޭނެގޮތް ހަދައިދޭނަން: ޑރ. މުއިއްޒު
Thiladhunmathi News

ކޭލަކުނު އިކޯ ޓޫރިޒަމްގެ ރަށަކަށް ހަދައި، އާމްދަނީ ލިބޭނެގޮތް ހަދައިދޭނަން: ޑރ. މުއިއްޒު

ހދ. ކޭލަކުނަކީ އިކޯ ޓުއަރިޒަމްގެ ރަށަކަށް ހަދާނެ ކަމަށާއި އެރަށަކީ  އާމްދަނީ ލިބޭނެ ތަނަކަށް ހެދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ‘ތިލަދުން’ އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ. މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވި، ރާއްޖޭގެ ވެރިކަަމަށް އާދެވިއްޖެނަމަ، އެކަން ކުރައްވާނެ ކަމަށާއި އޭގެން ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށެވެ. އަދި އާމްދަނީ ލިބޭނެ ފުރުސަތުތައް ލިބި، ވަޒީފާގެ ފުރުސަތުތ...

ނިޒާމީ ވޯޓު ކަރުދާގައި އޮންނަ އިބާރާތް މާދަމާގެ މަޖިލީހަށް ހުށަހަޅަނީ
Parliament

ނިޒާމީ ވޯޓު ކަރުދާގައި އޮންނަ އިބާރާތް މާދަމާގެ މަޖިލީހަށް ހުށަހަޅަނީ

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަށް އާންމުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓުގައި ބޭނުންކުރާނެ ވޯޓު ކަރުދާހުގައި އޮންނަ އިބާރާތް މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ނިޒާމީ ވޯޓު ނެގުމަށް މަޖިލީހުން ފުރިހަމަކުރަންޖެހޭ ކަންކަން ކުރައްވަމުން ގެންދަވާ ކަމަށެވެ. ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް އާންމުންގެ ފެންނަ ނުފެންނ...

ރައީސް ދެއްވީ ރާއްޖޭގެ އިސްތިގުލާލް ކަށަވަރު ކުރައްވާނެ ކަމުގެ ޔަގީންކަން: ޑރ. އަމީން
Raajje

ރައީސް ދެއްވީ ރާއްޖޭގެ އިސްތިގުލާލް ކަށަވަރު ކުރައްވާނެ ކަމުގެ ޔަގީންކަން: ޑރ. އަމީން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވަން ނިންމެވި އެއް ކަމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ކަށަވަރުކޮށް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވުމުން ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ރަނިންމޭޓް އަދި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ. އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަމީން ހިމެނިވަޑައިގަންނަވާ ގޮތަށް ޖޭޕީގެ އިސް ބޭފުޅުންތަކެއް ވަނީ ރައީސް ސޯލިހަށް ތާއީދު ކުރައްވަން ނިންމަވައިފައެވެ. އެ ބޭ...

ދެ ހެލިކޮޕްޓަރު ވެސް ގެނައީ މި ސަރުކާރަކުން ނޫން: ޝާހިދު
Raajje

ދެ ހެލިކޮޕްޓަރު ވެސް ގެނައީ މި ސަރުކާރަކުން ނޫން: ޝާހިދު

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރަކީ ވެސް މި ސަރުކާރުން ގެނެސްފައިވާ ހެލިކޮޕްޓަރުތަކެއް ނޫންކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ޝާހިދު މިހެން ވިދާޅުވީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މާލޭގައި ހުންނަ ސޯސަން ޖަގަހައިގައި ”އެންމެން މިކޮޅަށް – އަނިޔާވެރިކަމާދެކޮޅަށް” ނަމުގައި ބޭއްވި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދަ...

އޭވިއޭޝަން ދާއިރާގެ މުވައްޒަފުންގެ މުސާރަ އަށް ހެޔޮ ބަދަލެއް ގެންނަނީ
Raajje

އޭވިއޭޝަން ދާއިރާގެ މުވައްޒަފުންގެ މުސާރަ އަށް ހެޔޮ ބަދަލެއް ގެންނަނީ

އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ. އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކުން ސޯސަން ޖަގަހަގައިގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތްތަކާއި ދައުލަތުގެ އެކިއެކި މަގާމުތަކުގައި ތިބި މީހުންނަށްދޭ މުސާރައިގެ ކުރިއެރުން ދިނުމުގައި މަސައްކަތް ކުރައްވަނީ ހަމަހަމަކަމާ އެކީގައި ކަމަށެވެ. އެގޮތުން އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ ޕައިލެޓުން...

އުތުރު ތިލަފަޅުގައި ދިވެހި ސިފައިންގެ ބާރެތް ނެތް: މުއިއްޒު
Raajje

އުތުރު ތިލަފަޅުގައި ދިވެހި ސިފައިންގެ ބާރެތް ނެތް: މުއިއްޒު

ދިވެހި ރާއްޖޭގެ މިނިވަންކަން އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށާއި، މާލެ އަތޮޅު އުތުރު ތިލަފަޅުގައި ދިވެހިން ސިފައިންގެ ބާރެއް ނެތް ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑީޑޭޓް ޑރ މުހަމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މާލޭގެ ގިރާވަރު ކޮމިއުނިޓީ ރައްޔިތުންނާއެކު މިރޭ އޮތް ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މުއްއިޒު ވިދާޅުވީ މާލެ އަތޮޅު އުތުރު ތިލަފަޅުފައި ދިވެހި ސިފައިންގެ ބާރެތް ނެތްކަމަށާއި، އެތަނަށް ދިވެހި ސިފައިން ވެސް ދާންޖެހެނީ ހުއްދަ ނަގައިގެން ކަމަށެވެ. “ކިތަންމެ ވަރަކަށް އަޅުގަނޑ...

މުއިއްޒު ކުޅުދުއްފުއްޓަށް، 2،000 ހައުސިން ޔުނިޓް އަޅައި ދޭނަން
Thiladhunmathi News

މުއިއްޒު ކުޅުދުއްފުއްޓަށް، 2،000 ހައުސިން ޔުނިޓް އަޅައި ދޭނަން

މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، ފަސް އަހަރު ދުވަހުގެ ތެރޭގައި ހދ. ކުޅުދުއްފުށީގައި 2،000 ހައުސިން ޔުނިޓް އަޅުއްވައި ދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އަތޮޅުތެރޭގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ހދ. ކުޅުދުއްފުއްޓަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބޮޑު ޖަލްސާގައި މުއިއްޒު ވިދާޅުވީ ކުޅުދުއްފުއްޓަށް ސިޓީއެއ...

ރައީސް ސޯލިހް ވިލިމާލޭގެ ދޮރުން ދޮރަށް
Raajje

ރައީސް ސޯލިހް ވިލިމާލޭގެ ދޮރުން ދޮރަށް

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިލިމާލޭގެ ގޭގެއަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ. މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި ރައީސްގެ އެންމެ ބޮޑު އަމާޒަކަށްވެފައި އޮތީ މާލެ ސަރަހައްދެވެ. ފުރަތަމަ ބުރުގައި އަތޮޅު ތެރޭގެ ރަށްތަކަށް ވަޑައިގެންނެވި ނަމަވެސް ދެވަނަ ބުރުގައި އަދި ރަށްތަކަކަށް ވަޑައިގަންނަވަން ނުފައްޓަވައެވެ. އެކަމަކު، އެމަނިކުފާނު އެންމެ ފަހުން ވިދާޅުވެފައި ވަނީ ކެމްޕެއިންގެ ފަހު ދުވަސްތަކުގައ...

ގޮއިދޫ ފަޅުގައި ރިސޯޓެއް ހަދައިދިނުމަށް މުއިއްޒުގެ ވައުދުވެވަޑައިގެންފި
Raajje

ގޮއިދޫ ފަޅުގައި ރިސޯޓެއް ހަދައިދިނުމަށް މުއިއްޒުގެ ވައުދުވެވަޑައިގެންފި

ބ. ގޮއިދޫ ފަޅުގައި ރިސޯޓެއް ހައްދަަވައިދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ. ކެމްޕެއިން ދަތުރުގައި އެރަށަށް ވަޑައިގެން ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ ގޮއިދޫ ކޯރުގަނޑު ސަރަހައްދުގައި އިކޯ ޓޫރިޒަމްގެ މަޝްރޫއެއް ހިންގުމަށް ވެސް ވައުދުވެވަޑައިގެންފައެވެ. މީގެ އިތުރުން އެކަމުގެ ނަފާ ރައްޔިތުންނަަށް ލިބޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށާއި ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން ކުރަން ޖެހޭ ހުރިހައި ކަމެއް ފަހި ކޮށްދީ، ސީޕްލޭން ޖ...