Skip to main content
Topic Archive

#ރިޔާސީ އިންތިޚާބު

256 Stories filed
ދެވަނަ ދައުރެއްގައި އެންމެ އިސްކަމެއް ދޭނެ އެއް ރަށަކަށް ނޮޅިވަރަމް، ރައީސްގެ ގިނަ ވައުދުފުޅުތަކެއް!
Thiladhunmathi News

ދެވަނަ ދައުރެއްގައި އެންމެ އިސްކަމެއް ދޭނެ އެއް ރަށަކަށް ނޮޅިވަރަމް، ރައީސްގެ ގިނަ ވައުދުފުޅުތަކެއް!

މި ސަރުކާރުން މަސައްކަތްކުރަމުން ދަނީ ބޮޑުތިލަދުންމައްޗަށް ބޮޑު ބަދަލެއް ގެނައުމަށް ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު މެންދުރު ހދ. ނޮޅިވަރަމަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެ މަސައްކަތްތައް ކުރިއަށް ގެންދެވޭނީ އިތުރު ފުރުސަތެއް ދީގެން ކަމަށާއި އެހެން ބަޔަކު ވެރިކަމަށް އައިސްފި ނަމަ، އެ ބަދަލު ގެނައުން ހުއްޓުވުމުގެ ބިރު އޮންނާނެ ކަމަށެ...

އިންޑިއާ ސިފައިން ބޭލޭނީ އަތުގައި ހިފައިގެން ގެންގޮސް މަތިންދާބޯޓަށް އަރުވައިގެން: އުމަރު
Raajje

އިންޑިއާ ސިފައިން ބޭލޭނީ އަތުގައި ހިފައިގެން ގެންގޮސް މަތިންދާބޯޓަށް އަރުވައިގެން: އުމަރު

އިންޑިއާ ސިފައިން ބޭލޭނީ އަތުގައި ހިފައިގެން ގެންގޮސް މަތިންދާބޯޓަށް އަރުވައިގެން ކަމަށް ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ސަންގު ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. އުމަރު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ނުފައިބާނެ ކަމަށާއި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ނުރައްކަލެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން މިނިވަންކަމަށް ހިޔަނި އެޅިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މީގެ ކުރިން ތިން ސަރުކާރެއް އައިސްފަ...

ޔާމީނަށް ކޮށްފައި ވަނީ ސިޔާސީ ހުކުމެއްނޫން: ރައީސް
Raajje

ޔާމީނަށް ކޮށްފައި ވަނީ ސިޔާސީ ހުކުމެއްނޫން: ރައީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކޮށްފައި ވަނީ ސިޔާސީ ހުކުމެއްނޫން ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ސަންގު ޓީވީ އިން ގެނެސްދިން ބަހުސްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޔާމީންގެ މައްޗަށް އައި ހުކުމަކީ ސިޔާސީ އެއްވެސް ކަމަކާ ގުޅިގެން އައި ހުކުމެއް ނޫން ކަމަށާއި އެއީ ކޮރަޕްޝަންގެ މައްސަލައެއް ގައި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުން ކޯޓުން ނިންމާފައިވާ ނިންމުމެއް […]

ހަޅޭއްލެވިޔަކަސް އިންޑިއާ ސިފައިން ބޭރެއް ނުކުރެވޭނެ، އެކަން ކުރާނީ ޑިޕްލޮމަސީ ބޭނުންކޮށްގެން: ނާޒިމް
Raajje

ހަޅޭއްލެވިޔަކަސް އިންޑިއާ ސިފައިން ބޭރެއް ނުކުރެވޭނެ، އެކަން ކުރާނީ ޑިޕްލޮމަސީ ބޭނުންކޮށްގެން: ނާޒިމް

މަގުމައްޗަށް ނިކުމެ ހަޅޭއްލެވިޔަސް އިންޑިއާ ސިފައިން ބޭރެއް ނުކުރެވޭނެ ކަމަށާއި އެކަން ކުރާނީ ޑިޕްލޮމަސީ ބޭނުންކޮށްގެން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ސަންގު ޓީވީން ކުރިއަށް ގެންދިޔަ “ރިޔާސީ ބަހުސް” ގައި ވާހަކަ ދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ ގައުމީ ސަލާމަތާއި ބެހޭ ވާހަކަ ދައްކާއިރު، ބޭރު ސިފައިންގެ ވާހަކަ ދައްކައިގެން އެކަނި ނުފުދޭ ކަމަށެވެ. […]

ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންގެ ޖަމިއްޔާގެ ތާއީދު ރައީސް ޞާލިޙަށް!
Raajje

ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންގެ ޖަމިއްޔާގެ ތާއީދު ރައީސް ޞާލިޙަށް!

ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ތާއީދު ކުރަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހަށް ކަމަށް ހާމަކޮށްފިއެވެ. ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތް ކޮށްދީފައި ނުވާ މިންވަރަށް ރައީސް ސާލިހުގެ ސަރުކާރުން ވަނީ މަސައްކަތް ކޮށްދީފައި ކަމަށެވެ. އެގޮތުން ރައީސް ސޯލިހު ވަނީ އައިއެލްއޯ އަދި ބައިނަލްއަގުވާމީ ޖަމިއްޔާތަކާ...

ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން 600 މިލިއަންގެ ހިލޭ އެހީ ހޯދާނަން: ގާސިމް
Raajje

ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން 600 މިލިއަންގެ ހިލޭ އެހީ ހޯދާނަން: ގާސިމް

ދައުލަތުން ނަގާފައިވާ ދަރަނީގެ ތެރެއިން 2026 ވަނަ އަހަރު އެއް ބިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހޭ ކަމަށާއި އެ ދަރަނި ދައްކަން 600 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ހޯއްދަވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ. އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި މިރޭ ކުރިއަށް ގެންދާ ރިޔާސީ ބަހުސްގައި، ގާސިމް ވިދާޅުވީ ރިޔާސީ ދައުރެެއްގައި އާމްދަނީ ހޯދަން ތަފާތު […]

އަޅުގަނޑުމެން ގެންގުޅޭނީ ނާސިރާއި މައުމޫންގެ ހާރިޖީ ސިޔާސަތު: ގާސިމް
Raajje

އަޅުގަނޑުމެން ގެންގުޅޭނީ ނާސިރާއި މައުމޫންގެ ހާރިޖީ ސިޔާސަތު: ގާސިމް

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، ގެންގުޅުއްވާނީ ކުރީގެ ރައީސް އިބްރާހިމް ނާސިރާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހާރިޖީ ސިޔާސަތު ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ. ސަންގު ޓީވީ އިސްވެ، ގިނަ މީޑިއާތަކާ ގުޅިގެން މިރޭ ބޭއްވި “ރިޔާސީ ބަހުސް” ގައި ގާސިމް ވިދާޅުވީ ރައީސް މައުމޫންގެ ހާރިޖީ ސިޔާސަތު ގެންގުޅުއްވި ގޮތް ވަރަށް ކަމުދާ ކަމަށެވެ. އަދި އިތުރު ގައުމަކާ […]

ރާއްޖޭގެ މިނިވަންކަމުގެ އިން ފަހަނަ އަޅައިދާކަށް އެއްވެސް ގައުމަކަށް ޖާގައެއް ނުދޭނަން: މުއިއްޒު
Raajje

ރާއްޖޭގެ މިނިވަންކަމުގެ އިން ފަހަނަ އަޅައިދާކަށް އެއްވެސް ގައުމަކަށް ޖާގައެއް ނުދޭނަން: މުއިއްޒު

ދިވެހިންގެ ދާހިލީ ކަންކަމާއި ބެހި، ރާއްޖޭގެ މިނިވަންކަމުގެ އިން ފަހަނަ އަޅައިދާކަށް އެއްވެސް ގަމުމަކަށް ޖާގަ ނުދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ސަންގު ޓީވީގެ ރިޔާސީ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ އެއްވެސް ގައުމަކުން ރާއްޖޭގެ މިނިވަންކަމުގެ އިން ފަހަނައަޅައި، ރާއްޖޭގެ އިމުގެ ތެރެއަށް ވަދެ ދިވެހިންގެ ދާހިލީ ކަންކަމާ ބެހި މިނިވަންކަން ގެއްލޭ ފަދަ އެއްވެސް ކަމަކަށް ޖާގަ ނުދެއްވާނެ ކަމަށެވެ. ހަމައެހެންމެ ދިވެހިންގެ...

އެއްވެސް ގައުމެެއްގެ ސިފައިން މިލިޓަރީ ކަމެއްގައި ރާއްޖޭގައި ނުތިބޭނެ: ރައީސް ސާލިހު
Raajje

އެއްވެސް ގައުމެެއްގެ ސިފައިން މިލިޓަރީ ކަމެއްގައި ރާއްޖޭގައި ނުތިބޭނެ: ރައީސް ސާލިހު

އެއްވެސް ގައުމެެއްގެ ސިފައިން މިލިޓަރީ ކަމެއްގައި ރާއްޖޭގައި ނުތިބޭނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ އެމަނިކުފާނު މިހެން ވިދާޅުވީ ސަންގު ޓީވީ އިން މިހާރު ކުރިއަށް ގެންދާ ރިޔާސީ ބަހުސްގައެވެ. މި ބަހުސްގައި ރައީސް ވިދާޅުވީ އެކިދުވަސްވަރު އެކި ގައުމުތަކުގެ ސިފައިން ރާއްޖެއަށް އަންނަނީ ތަފާތު އެކި އެކްސަސައިޒުތަކުގައި ކަމަށެވެ. އެގޮތުން އިންޑިއާ، އެމެރިކާ އަދި ޗައިނާގެ ސިފައިން ވެސް ރާއްޖެ އައިސް، […]

ގާސިމް ވިދާޅުވަނީ އާ ޓެކުހެއް ތައާރަފް ނުކުރައްވާނެ ކަމަށް!
Raajje

ގާސިމް ވިދާޅުވަނީ އާ ޓެކުހެއް ތައާރަފް ނުކުރައްވާނެ ކަމަށް!

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، އާ ޓެކުހެއް ތައާރަފް ނުކުރައްވާނެ ކަމަށާއި މިހާރު ހުރި ޓެކްސްތައް ހާމަނައިޒް ކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ. ސަންގު ޓިވީގެ “ރިޔާސީ ބަހުސް” ގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރިޔާސީ ދައުރެެއްގައި އާމްދަނީ ހޯދަން ތަފާތު މަސައްކަތްތައް ކުރެއްވުމުގެ ވިސްނުން އެބަ ހުރި ކަމަށެވެ. އަދި ވަރަށް […]

މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރާނަން: އިލްޔާސް
Raajje

މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރާނަން: އިލްޔާސް

ވެރިކަމުގެ 5 އަހަރުގެ ދައުރު ނިމޭއިރު، މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލުކޮށް، މާލެއަކީ ހިތްފަސޭހަ، އަމާން، ހާސްކަމުން ނެއްޓިފައިވާ ސިޓީއަކަށް ބަދަލުކުރައްވާނެކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ. ޑިމޮކްރެޓުންގެ “ވެށިފަހި މާލެ” ޕްރޮގްރާމް އޮޅުންފިލުވައިދިނުމަށް މާލޭގެ ކަންކަންމަތީގައި ބާއްވަމުންދާ ސިލްސިލާ ޕިކަޕް ބައްދަލުވުންތަކުގެ ތެރެއިން ރުއްކެނޑިޔާ މަގާއި، ލޮނުޒިޔާރަތް މަގު ކަންމަތީގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ޑިމޮކްރެޓުންގެ ހު...

މި ސަރުކާރަށް ރަނގަޅުކަމެއް ކުރަން އެނގެނީ ރައްޔިތުން މުޒާހަރާ ކުރުމުން: ޑރ. އަމީން
Raajje

މި ސަރުކާރަށް ރަނގަޅުކަމެއް ކުރަން އެނގެނީ ރައްޔިތުން މުޒާހަރާ ކުރުމުން: ޑރ. އަމީން

މި ސަރުކާރުން ފެނިގެންދާ ހަގީގަތަކީ ރައްޔިތުން މުޒާހަރާ ކުރުމުން ނޫނީ ރަނގަޅު ނިންމުމެއް މި ސަރުކާރަށް ނިންމަން ނޭނގުން ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ގައުމީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ވީޓީވީން ގެނެސްދިން ‘ހާސްކަނޑާލާ ހަމަޖެހޭނެ’ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުންނެވެ. އަމީން ވިދާޅުވީ މި ސަރުކާރުން ނިންމާ ކޮންމެ ނިންމުމަކާއެކު ރާއްޖޭގެ ރައްޔިތުންނަށް ބޯޑު ހިފައިގެން މުޒާހަރާކުރަން މަގުމައްޗަށް ނުކުންނަ...

އިންތިހާބުގެ ކަންކަމުގައި ރަަށުންބޭރަށް ދާ އެއްވެސް ފުލުހެއްގެ ވޯޓުލުމުގެ ހައްގު ނުގެއްލޭނެ: ފުލުހުން
Raajje

އިންތިހާބުގެ ކަންކަމުގައި ރަަށުންބޭރަށް ދާ އެއްވެސް ފުލުހެއްގެ ވޯޓުލުމުގެ ހައްގު ނުގެއްލޭނެ: ފުލުހުން

މި ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކަންކަމުގައި ރަަށުންބޭރަށް ދާ އެއްވެސް ފުލުހެއްގެ ވޯޓުލުމުގެ ހައްގު ނުގެއްލޭނެ ކަމަށް ދިވެހި ފުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ. އެ އިދާރާ އިން މިހެން ވިދާޅުވީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ތޮލާލް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކައަށް އިޝާރާތް ކުރައްވައެވެ. ތޮލާލް ވަނީ ފުލުހުންނާއި ސިފައިން، އެމީހުން ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ ތަން ނޫން އެހެންތަންތަނަށް ޑިއ...

އިޖުތިމާއީ ފްލެޓުތަކުން ރައްޔިތުންނަށް ފައިދާ ލިބޭނީ ގާސިމް ވެރިކަމެއްގައި: އަލީ ވަހީދު
News

އިޖުތިމާއީ ފްލެޓުތަކުން ރައްޔިތުންނަށް ފައިދާ ލިބޭނީ ގާސިމް ވެރިކަމެއްގައި: އަލީ ވަހީދު

އިޖުތިމާއީ ފްލެޓުތަކުން ރައްޔިތުންނަށް ލިބެން ޖެހޭ ފައިދާ އޭގެ ހަގީގީ މާނައިގައި ލިބޭނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމްގެ އިންތިހާބީ އެޖެންޓް އަލީ ވަހީދު ރޭ ވިދާޅުވެއްޖެއެވެ. ވީޓީވީން ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންއެއްގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ބޮޑު ދެ ޕާޓީ ކަމަށް ބުނާ އެމްޑީޕީ އަދި ޕީޕީއެމަށް ވެރިކަން ދީގެން 15 އަހަރު ތިބިއިރުގައި ވެސް، ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ނުވާކަމަށެވެ. އެގޮތުން […]

ޕީޕީއެމް އާއި އެމްޑީޕީގެ ސަރުކާރު ވީ ބޮޑު ތަނުން ފެއިލް: ގާސިމް
Raajje

ޕީޕީއެމް އާއި އެމްޑީޕީގެ ސަރުކާރު ވީ ބޮޑު ތަނުން ފެއިލް: ގާސިމް

ފެހި ގާނޫނުއަސާސީގެ ދަށުން ރާއްޖޭގައި އުފެދުނު ސަރުކާރުތައް ވީ ބޮޑު ތަނުން ފެއިލް ކަމުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިއްޔެ ވިދާޅުވެއްޖެއެވެ. ވީޓީވީ އިން ގެނެސްދިން “ހާސްކަނޑާލާ ހަމަޖެހޭނެ” ޕްރޮގްރާމުގައި ގާސިމްގެ އިތުރުން އޭނާގެ ރަނިންމޭޓް އަމީން އިބްރާހިމާއި އިންތިހާބީ އެޖެންޓް އަލީ ވަހީދާއި ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު އަހުމަދު ނިހާން ވަނީ ފެހި ގާނޫނުއަސާސީގެ ދަށުން އުފެދުނު އެމްޑީޕީގެ ދެ ސަރުކާރާއި ޕީޕީއެމްގެ […]