Skip to main content
Topic Archive

#ރ. ދުވާފަރު

26 Stories filed
ދުވާފަރުގައި ޓިނާއި ކޯނިސް އުފެއްދުމަށް ފެކްޓްރީއެއް އަޅަނީ
Raajje

ދުވާފަރުގައި ޓިނާއި ކޯނިސް އުފެއްދުމަށް ފެކްޓްރީއެއް އަޅަނީ

ރ. ދުވާފަރުގައި ޓިނާއި އަދި ކޯނިސް އުފެއްދުމަށް ފެކްޓްރީއެއް އެޅުމަށް އިޢުލާނު ކޮއްފި އެވެ. ރ. ދުވާފަރު ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ އެރަށުގެ ލޭންޑުޔޫސް ޕްލޭންގައިވާ ކުލީ ބިންތަކުގެ ތެރެއިން 16.03 ނަމްބަރު ބިން، އެލްމިނިއަމް، ޓިނު އަދި ކޯނިސް އުފެއްދުމަށް ފެކްޓްރީއެއް އެޅުމަށް ނިންމާފައިވާކަމަށެވެ. މިފެކްޓްރީ އެޅުމަށް މީގެ ކުރިންވެސް އެކައުންސިލުން ވަނީ ބިޑްއަށް ހުޅުވާލާފަ އެވެ. ނަމަވެސް އެފަހަރު ކުރިމަތިލާފައިވަނީ އެންމެ ފަރާތެކެވެ. އެހެންކަމުން އެއިޢުލާން ބާތިލުކޮށް އަލުން...

ދުވާފަރުން މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ
Raajje

ދުވާފަރުން މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ރ. ދުވާފަރު ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ދުވާފަރު ސިއްހީ މަރުކަޒުން ވިދާޅުވީ، މާލެއިން އެ ރަށަށް ދަތުރުކޮށް ހޯމް ކަރަންޓީނުގެ 10 ދުވަސް ފުރިހަމަ ކުރި 5 މީހެއްގެ ކަރަންޓީނުން ވީއްލުމުގެ ކުރިން ނަގަންޖެހޭ ސާމްޕަލް މި މިމަހުގެ 25 ވަނަ ދުވަހު ނެގިފައިވާ ކަމަށެވެ. އޭގެތެރެއިން އެކަކުގެ ނަތިޖާ ޕޮޒިޓިވް ކަމަށް އެ މަރުކަޒުން ވިދާޅުވިއެވެ. އެރަށުގައި ހޯމްކަރަންޓީނުގައި ތިބި ެމީހުން ހޯމްކަރަންޓީނުގެ އުސޫލާއެއްގޮތަށް އަމަލުކޮށްފައި ވުމުން އިތުރު މީހަކާބައްދަލުވެފައި [...

ދުވާފަރު މަގުހެދުމުގެ މަޝްރޫޢު ނިމުމަކާއި ގާތަށް
Raajje

ދުވާފަރު މަގުހެދުމުގެ މަޝްރޫޢު ނިމުމަކާއި ގާތަށް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށް ގެންދާ ރ.ދުވާފަރު މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމަކާއި ދާދި ގާތަށް ގޮސްފައިވާ ކަމުގައި އެ ކުންފުނިން ހާމަކޮށްފިއެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ހާމަކުރަމުން އެ ކުންފުނިން ބުނެފައިވަނީ ދުވާފަރު މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ 90 އިންސައްތަ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމަށެވެ. މިގޮތުން މިހާރު ތާރު އަޅަންޖެހޭ ހުރިހައި މަގެއްގައި ތާރުއަޅާ ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ މަގުމަތީ ނިޝާނ...

ގެވެށި އަނިޔާއާއި ޖިންސީ ގޯނާއާއި ދެކޮޅަށް މުޅި ދުވާފަރު ނުކުންނަނީ
Raajje

ގެވެށި އަނިޔާއާއި ޖިންސީ ގޯނާއާއި ދެކޮޅަށް މުޅި ދުވާފަރު ނުކުންނަނީ

ގެވެށި އަނިޔާއާއި ޖިންސީ ގޯނާއާއި ދެކޮޅަށް ރ. ދުވާފަރުގައި މިއަދު މުޒާހަރާއެއް ކުރަން ނިންމައިފިއެވެ. ދުވާފަރަށް ނިސްބަތްވާ ބައެއް ފޭސްބުކް ޕޭޖްތަކުގައި މިހާރު ވަނީ މިއަދު އެރަށުގައި ”ގެވެށި އަނިޔާއާއި ދެކޮޅަށް ކުރާ މުޒާހަރާ” އެއް އޮންނާނެކަން ޢިއުލާންކޮށްފައެވެ. މިގޮތުން އެކަން ޢިއުލާންކޮށްފައިވާ ޕޯސްޓަރުގައިވާގޮތުން ދުވާފަރުގައި މިއަދު މުޒާހަރާފެށޭނީ އެރަށުގެ ”ބޮޑު ނިކަގަސް” ކައިރިންނެވެ. އަދި މި މުޒާހަރާ ފެށޭނީ މިއަދު ހަވީރު 16:00 ގައި ކަމަށް އެ ޕޯސްޓަރުގައި ބުނެފައި ވެއެވެ. އެ ޕޯސްޓަރުގައި ބ...

ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ހަލުވި މިނެއްގައި ކުރިއަށް އެބަދޭ: އެމްޓީސީސީ
Raajje

ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ހަލުވި މިނެއްގައި ކުރިއަށް އެބަދޭ: އެމްޓީސީސީ

ރ. ދުވާފަރު މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ހަލުވި މިނެއްގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެމްޓީސީސީން ބުނީ އެ ކުންފުނީގެ މަޝްރޫޢު ތަކުގެ މަސައްކަތް ކުރިއަށް ގެންދަނީ އެރަށެއްގަ ދިރިއުޅޭ ރައްޔިތުންނާއި، ކްލައިންޓާއި ސްޓޭކްހޯލްޑަރސްގެ އެއްބާރުލުމާއެކު ކަމަށެވެ. މިގޮތުން ދުވާފަރުގެ ރައްޔިތުންނާއި، ކްލައިންޓާއި ސްޓޭކްހޯލްޑަރސްގެ ފަރާތުން ލިބޭ އެއްބާރުލުމާއި، އެހީތެރިކަން އެ ކުންފުނިން ވަނީ ފާހަގަ...

ދުވާފަރު ޕްރައިމަރީ ސްކޫލަށް އެޑިއުކޭޝަންގެ ހޫނު މަރުޙަބާއެއް
Raajje

ދުވާފަރު ޕްރައިމަރީ ސްކޫލަށް އެޑިއުކޭޝަންގެ ހޫނު މަރުޙަބާއެއް

އެންމެ ފުރަތަމަ ކޮމިއުނިޓީ ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ލިބުނު ރ.ދުވާފަރު ޕްރައިމަރީ ސްކޫލަށް އެޑިއުކޭޝަން މިނިސްޓަރީއިން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. އެޑިއުކޭޝަނުން، ދުވާފަރު ޕްރައިމަރީ ސްކޫލްގެ ތާރީޚީ ކާމިޔާބަށް މަރުހަބާ ކިޔާފައި ވަނީ، އެ މިނިސްޓްރީ އިން މިއަދު ފޮނުވި މަރުޙަބާގެ މެސެޖެއްގައެވެ. އެ މެސެޖުގައި ބުނެފައި ވަނީ އެންމެ ފުރަތަމަ ކޮމިއުނިޓީ ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ލިބުނު ދުވާފަރު ޕްރައިމަރީ ސްކޫލުގެ އެންމެހާ ބޭފުޅުންނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާ ކަމަށެވެ. “އަޅުގަނޑުމެންގެ...

ދުވާފަރު ޕްރައިމަރީ ސްކޫލްގެ ޗެނަލް ރަސްމީކޮށް ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ދީފި
Raajje

ދުވާފަރު ޕްރައިމަރީ ސްކޫލްގެ ޗެނަލް ރަސްމީކޮށް ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ދީފި

ރ. ދުވާފަރު ޕްރައިމަރީ ސްކޫލްގެ ޗެނަލް ރަސްމީކޮށް ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އެ ސްކޫލައް ދީފިއެވެ. ދުވާފަރު ޕްރައިމަރީ ސްކޫލްގެ ޗެނަލް ރަސްމީކޮށް ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ދިންކަން އެ ސްކޫލަށް، ބްރޯޑްކޮމް އިން އަންގާފައި ވަނީ އިއްޔެއެވެ. އެ ހުއްދަ ދިންކަން އަންގައި އެ ސްކޫލަށް ބްރޯޑްކޮމް އިން ފޮނުވާފައިވާ ލިޔުމުގައި ބުނެފައިވަނީ ބްރޯޑްކާސްޓިންގ ޚިދުމަތް ތަޢާރަފް ކުރުމަށްޓަކައި ރާއްޖޭގެ މާހައުލުގައި ދެމެހެއްޓެނިވި ގޮތެއްގައި ދެވިދާނެ ޚިދުމ...

މަސްތުވާތަކެއްޗާއެކު ދުވާފަރުން ބަޔަކު ހައްޔަރު ކޮށްފި
Raajje

މަސްތުވާތަކެއްޗާއެކު ދުވާފަރުން ބަޔަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާއެކު ރ. ދުވާފަރުން ތިން މީހަކު ހައްޔަރު ކޮށްފައި ވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިއަދު ބުނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ރ. ދުވާފަރު ޕޮލިސް ސްޓޭޝުން ހިންގި އޮޕަރޭޝަނެއްގައި، ދުވާފަރުން ތިން މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައި ވާކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ މީހަކާއި 35 އަހަރުގެ މީހެއްގެ އިތުރުން 40 އަހަރުގެ މީހެއް ކަމަށާއި، މި ތިން މީހުންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުނ...

ދުވާފަރުން ނެގުނު ހައިރިސްކު 23 މީހުންގެ ސާމްޕަލްތައް ނެގެޓިވް: ސިއްހީ މަރުކަޒު
Raajje

ދުވާފަރުން ނެގުނު ހައިރިސްކު 23 މީހުންގެ ސާމްޕަލްތައް ނެގެޓިވް: ސިއްހީ މަރުކަޒު

މާލެއިން ރ. ދުވާފަރަށް ދިޔަ 3 މީހުން ހޯމް ކަރަންޓީނުން ދޫކޮށްލި ފަހުން ކޯވިޑަށް ޕޮޒިޓިވް ވުމުން އެމީހުންނާއި ސީދާ ބައްދަލުވި ކަމަށް ދެނެގަނެވުނު ހައިރިސްކު 23 މީހެއްގެ ސާމްޕަލްތަކުގެ ނަތީޖާތައް ނެގެޓިވް ވެފައިވާކަމަށް ދުވާފަރު ސިއްހީ މަރުކަޒުން ބުނެފިއެވެ. މިދިޔަ ޖުލައި 11 ވަނަ ދުވަހު ދުވާފަރުން ކޯވިޑް-19 އަށް 3 މީހަކު ފައްސިވުމާއި ގުޅިގެން 12 ޖުލައި 2020 ވަނަ ދުވަހު ދުވާފަރު ސިއްޙީ މަރުކަޒުންވަނީ ކޮންޓެކްޓް ޓްރޭސިންގް ނިންމައި އެކަމާއި ގުޅުން ހުރި […]

ދުވާފަރު މޮނިޓަރިންގ ހާލަތުން ނަގައިފި
Raajje

ދުވާފަރު މޮނިޓަރިންގ ހާލަތުން ނަގައިފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރ. ދުވާފަރު މޮނިޓަރިންގ ހާލަތުން ނަގައިފިއެވެ. މާލެއިން ރ. ދުވާފަރަށް ދިޔަ 3 މީހުން ހޯމް ކަރަންޓީނުން ދޫކޮށްލި ފަހުން ކޯވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން ކޯވިޑް-19 އިން ރައްކާތެރިވުމަށް އެޗްޕީއޭއިން އެރަށް މޮނިޓަރިންގ ހާލަތަށް ގެނައީ ޖުލައި މަހުގެ 11 ވަނަ ދުވަހުގެ ރޭ 21:24 ގައެވެ. އެރަށް މޮނިޓަރިންގ ހާލަތުން ނެގިކަން އަންގައި އެޗްޕީއޭއިން ފޮނުވި ލިޔުމުގައި ބުނެފައި ވަނީ އެރަށުގެ މޮނިޓަރިންގ ހާލަތު އުވާލި ސަބަބަކީ […]

48 މީހެއްގެ ސާމްޕަލް ނަގައި، ދުވާފަރުގައި އެޅި ފިޔަވަޅުތަކަށް ލުއިދީފި
Raajje

48 މީހެއްގެ ސާމްޕަލް ނަގައި، ދުވާފަރުގައި އެޅި ފިޔަވަޅުތަކަށް ލުއިދީފި

މާލެއިން ރ. ދުވާފަރަށް ދިޔަ 3 މީހުން ހޯމް ކަރަންޓީނުން ދޫކޮށްލި ފަހުން ކޯވިޑަށް ޕޮޒިޓިވް ވުމުން އެމީހުންނާއި ސީދާ ބައްދަލުވި ކަމަށް ދެނެގަނެވުނު 48 މީހެއްގެ ސާމްޕަލް ނަގައި، ރަށުގައި އެޅި ރަށްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއި ދީފިއެވެ. ދުވާފަރު ކައުންސިލުން ބުނީ 2020 ޖޫން 19 ވަނަ ދުވަހު މާލެއިން ދުވާފަރަށް ހޯމް ކަރަންޓީނަށް ގެންދެވުނު މީހުންގެ ތެރެއިން 3 މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން 2020 ޖުލައި 11 ވަނަ ދުވަހު އެޗްޕީއޭއިން […]